އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން ޓީމްތަކާ އެމަނިކުފާނު މިރޭ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާ ގޮތަށެވެ.
މި ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މާލޭ ދާއިރާގެ މެމްބަރުންނާއި ކެމްޕޭން ޓީމްތަކާއި ރައީސް ސޯލިހް ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.
ޕްރައިމަރީގެ ކެމްޕެއިން ޖަލްސާތަތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ވޯޓު ހޯދާނެ ގޮތާއި ކާމިޔާބު ކުރައްވާނެ ގޮތްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ސޯލިހު ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާއިރު އެމަނިކުފާނާ ޕްރައިމަރީގައި ވާދަ ކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިންވެސް ވަރަށް ފޯރީގައި ކުރިއަށް އެބަ ދެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
އާއިލާގެ ދުޅަހެޔޮ ކަމަށްޓަކައި ނިދި ވަރަށް މުހިއްމު!
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!