ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އައްޔަން ކޮށްފި އެވެ.
ޔަސްރިފް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަސް އައްޔަން ކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ރައީސް އޮފީހުން ބުނިގޮތުގައި އޭނާ އެމަގާމަށް އައްޔަން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އައްޑޫސިޓީގެ މޭޔަރުކަން އެ ކައުންސިލްގެ ތިންވަނަ ދައުރުގައި ކޮށްފައިވާ ޔަސްރިފް އޭގެ ފަހުން ހުންނަވަނީ އެ ސިޓީގެ ކައުންސިލްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.
ޔަސްރިފަށް މި މަގާމު ލިބިފައިވަނީ ރައީސް ޞޯލިހުގެ ފެކްޝަނަށް ތާއީދު ކުރައްވަން ފެއްޓެވުމުން ކަމަށް މައެއް މީޑިއާތަކުން މައުލޫމާތުލިބެ އެވެ. މީގެ ކުރިން ޔަސްރިފު ތާއީދު ކުރެއްވީ ރައީސް ނަޝީދުގެ ފެކްޝަނަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޞާލިހާއި ވާދަވެރި ކެނޑިޑޭޓް ނަޝީދު ވެސް މިހާރު ވަނީ އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުތައް ކުރިއަށް ގެންދަވަމުންނެވެ.
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
ތައިލެންޑްގައި ކުއްޖަކު މަރާލި ތުހުމަތު އޮސްޓްރޭލިޔާގެ މީހަކަށް
