މައިގްރޭންއަކީ ދިރިއުޅުމުގެ ގިނަ ކަންކަމަށް ބުރޫ އަރުވާ ބައްޔެކެވެ. މައިގްރޭންއާއެކު ދިރިއުޅެން ޖެހިފައިވާނަމަ ބައެއް ކަންކަމަށް ސަމާލުވާން ޖެހޭނެ އެވެ. އޭގެ ތެެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.
އެރޮބިކް ކަސްރަތު ކުރުން
ސްޓްރެސް ކުޑަކޮށް، މައިގްރެއިން ހުންނަ މީހުންނަށް ލުއިކަން ހޯދަން އެންމެ ޔަގީންކަން ބޮޑު އެއް ކަމަކީ އެއޮރޮބިކް ކަސްރަތު ކުރުމެވެ. މިފަދަ ކަސްރަތު ހަފުތާ އަކު މަދުވެގެން ތިން ފަހަރު، ކޮންމެ ފަހަރަކު 30-40 މިނެޓަށް ކުރާށެވެ.
ނިދުމުގެ ރޫޓިން ކަނޑައެޅުން
ނިދަންޖެހޭ ވަކި ވަގުތެއް އަދި ހޭލާނެ ވަގުތެއް ކަނޑައަޅައި، ނިދުން ރޫޓިންއަކަށް ފައްތާލާށެވެ. މާ މަދުން ނިދިޔަސް ނުވަތަ މާ ގިނައިން ނިދިޔަސް މައިގްރެއިން ގޯސްވެ އެވެ.
މެގްނީޒިއަމް އިތުރު ކުރުން
ހަށިގަނޑުގައި މެގްނީޒިއަމް މަދުވުމަކީ މައިގްރެެއިން އަށް މަގު ފަހިވާ ކަމެކެވެ. އަތްފައި ފިނިވުމާއި މައްސަރު ކަންތަކާ ގުޅިގެން މިޒާޖަށް އަންނަ ބަދަލު ބޮޑުވުމާއި ފައިގެ މަސްތަކުގައި ރިއްސުމަކީ ވެސް މެގްނީޒިއަމް މަދުކަމުގެ އަލާމާތެވެ. މެގްނީޒިއަމް ސަޕްލިމެންޓެއް ބޭނުންކުރާ ނަމަ ދުވާލަކު 400 މިލިގްރާމުން ފަށާށެވެ.
ކެފެއިންއާ ދުރުވުން
ކެފެއިން އަކީ މައިގްރެއިން ގޯސްކުރާ އެއްޗެއްކަން ގިނަ މީހުންނަށް ނޭނގެނީ ކެފެއިން ހުންނަ އެއްޗެހި ބުއިމުން ލުއިވާތީ އެވެ. އެކަމަކު ހަގީގަތަކީ، ބޮލުގައި އެ ރިއްސަނީ ކެފެއިން ވިތުޑްރޯވަލް ނުވަތަ ކޮފީއަށް ދެވިހިފާފައި ހުރި މީހަކަށް ބޭނުންވާ ވަރަށް ކޮފީ ނުލިބިގެންކަމެވެ. އެހެން ކަމުން ދިގު މުއްދަތަކަށް ފަރުވާ ބޭނުން ނަމަ ކެފެއިންއާ ނުލާ މައިގްރޭން ކޮންޓްރޯލް ކުރަން ޖެހެ އެވެ.
ނަޝީދުއަށް ވެރިކަން ހަވާލުކުރިއަސް ތިން އަހަރު ހުރެފަ އިސްތިއުފާ ދެއްވާފާނެ