ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެން ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް އެ ޕާޓީގެ ގަވާއިދު އިސްލާހު ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލު އެ ޕާޓީން ގަވާއިދަށް ގެނައީ ދާދިފަހުންނެވެ. މީގެކުރިން ގަވާއިދުގައި ރައީސް ކަމަށް ކުރިމަތިލާންޖެހޭނީ ވަކި ޖިންސެއްގެ ބައެއް ކަމަށް ކަނޑައަޅާފައި ނުވެ އެވެ.
އެބަދަލު ކުއްލި ގޮތަކަށް ގެނައީ ޕާޓީގެ ރައީސް ކަމަށް ކުރީގެ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ކުރިމަތިލައްވަން އުޅުއްވުމުން ކަމަށް އެނގިފައިވެ އެވެ.
އަދަލާތު ޕާޓީގެ ރައީސް ކަމުގައި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ހުންނަވާތާ ނުވަ އަހަރު މިހާރު ވަނީ ވެފަ އެވެ.
އަންނަ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާ އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގައި އާ ދައުރަކަށް އެ ޕާޓީގެ އެކި އެކި މަގާމްތަކަށް މީހުން ހޮވާނެ އެވެ.
އެ ޕާޓީން ބުނެފައި ވަނީ ގައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިހާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު މިއަހަރުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް
އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟
ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ
