އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމަވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހު 28 ގައި ބާއްވާއިރު، ކެމްޕެއިނަށް ރައީސް ވަނީ މިދިޔަ ހަފްތާ ބަންދުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. އަދި އެއަށްފަހު އުތުރުގެ ރަށްތަކަށް ރައީސް ވަނީ ދަތުރުފުޅު ފައްޓަވާފަ އެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާ އަންނަ ހުކުރު ދުވަހުގެރޭ އާޓީފިޝަލް ބީޗުގައި ބޭއްވަން ހަމަޖެހިފައިވާއިރު، މި ޖަލްސާ އޮންނާނެ ގަޑިއެއް އަދި އިއުލާނެއް ނުކުރައްވަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބުގައި ރައީސް ސޯލިހްގެ އިތުުރުން ރައީސް ނަޝީދު ވެސް ވާދަކުރައްވާނެ އެވެ.

މި އިންތިހާބާއި ގުޅިގެން ދެ ބޭފުޅުންވެސް ގެންދަވަނީ ދެބޭފުޅުންނަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ.