ކުޑަ ކުއްޖަކު ރޭޕްކުރި މީހަކު މީހަކު އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެކޯޓަށް ހުށަހެޅި ރޭޕްކުރުމުގެ ކުށުގެ ދައުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އިއްޔެ ކަނޑައަޅައިފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ މި ހާދިސާ ހިނގާފައި ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އަދި ހާދިސާ ހިނގީ މެންދަމުގެ ވަގުތެއްގައި ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރޭގައި ކަމަށާއި، އަނިޔާ ލިބިފައިވަނީ 17 އަހަރުގެ ކުއްޖަކަށް ކަމަށް އެކޯޓުން ބުނެފައިވެ އެވެ.
އެގޮތުން އަނިޔާ ލިބުނު ކުއްޖާ ހާދިސާ ހިނގި ތަނަށް ގެންގޮސް ގަދަކަމުން ޖިންސީ އަނިޔާކޮށް، ކުއްޖާގެ ބަރަހަނާ މަންޒަރު ދައްކައިދޭ ވީޑިއޯ އާއި ފޮޓޯ ނަގާފައިވާ ކަމަށްވެ އެވެ.
އެއާއެކު ޝަޒްލީފްގެ މަށްޗައް ރޭޕްގެ ކުށް ސާބިތުވެފައިވާތީ ކްރިމިނަލް ކޯޓުން ވަނީ ޖިންސީ ކުށުގެ ތުހުމަތުގައާ، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ޖުމްލަކޮށް 40 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.