އޮލިވް އޮއިލް ނުވަތަ ޒައިތޫނި ތެލަކީ އަހަރުމެންގެ ކެއްކުމުގައި މިހާރަކަށް އައިސް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ކެއްކުމުގެ އިތުރުން ވެސް މިއީ ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ.
ޒައިތޫނި ތެލަކީ އިންސާނާގެ އަތްތިލައާއި ފައިތިލަ އަށް ގިނަ ފައިދާތަކެއް ލިބިދޭ ތެލެކެވެ. އަތްފައި ހިކިވެފައި ހުންނަކަން ފާހަގަ ކުރެވޭނަމަ ދެއިރު ޒައިތޫނި ތެޔޮ އުނގުޅާށެވެ. ތަފާތު ފެންނާނެ އެވެ.
އިސްތަށި ފައިބާތީ ކަންބޮޑުވޭ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ ޒައިތޫނި ތެލުން ބޮލުގެ ތަލައާއެކު މަސާޖު ކުރާށެވެ. އިސްތަށި ފޭބުމުގެ މައްސަލައަށް އިސާހިތަކު ހައްލެއް ލިބިދާނެ އެވެ.
އެއާއެކު ހަންގަނޑު ރީތިކުރަން އުނގުޅާ ކެމިކަލް އެކުލެވޭ ކްރީމްތަކުގެ ބަދަލުގައި ޒައިތޫނި ތެޔޮ ބޭނުން ކުރާނަމަ ހަންގަނޑަށް އާރޯކަން ލިބި އޮމާން ކަމާއި އުޖާލާކަން ލިބޭނެ އެވެ.
އޭގެ އިތުރުން ތުންފަތް ހިކުމަށް ވެސް ޒައިތޫނި ތެލަކީ އެއްވަނައިގެ ގުދުރަތީ ފަރުވާ އެކެވެ. ތުންފަތުގައި ޒައިތޫނި ތެޔޫ އުނގުޅުމުން ހަންފޮޅުން ފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު ބުނެވެން އޮތީ ޒައިތޫނި ތެލަކީ ކެއްކުމުގެ އިތުރުން ބުރުސޫރަ ރީތިކޮށް ބެހެއްޓުމަށް ޓަކައި ވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމެވެ.
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
އިސްކޮޅުގެ ސަބަބުން މަލާމާތާއި ފުރައްސާރަ އަމާޒުވި: އަމީތާބު