މަޝްހޫރު ޝާހުރުކް ޚާންގެ ފިލްމު 'ޕަތާން' ބްލޮކްބާސްޓަރަކަށްވެ ފިލްމަށް ކާމިޔާބީ ލިބުމުން ޝާހުގެ އަންހެނުން ގޯރީ ޚާން އުފަލުން ރޮއެފި އެވެ.

ޕަތާން ރިލީޒްކުރާނެ ދުވަހަކަށް ފޭނުން އިންތިޒާރުކުރަމުން ދަނިކޮށް ފިލްމު ރިލީޒްކުރީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ. އަދި އެ ފިލްމަށް މިހާތަނަށް 106 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ.

ގިނަ އަހަރުތަކެއް ފަހުން ފޭނުންނަށް ޝާހުގެ ފިލްމެއް ފެނިފައިވާއިރު، އަލުން މަސައްކަރަށް ނިކުތުމަށް ގޯރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަމަށް ޝާހު ބުނެފައިވެ އެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ފެންނާނީ ޖޯން އަބްރަހެމެވެ.

އަށް ގައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ވަނަ އަހަރު ދެއްކި ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑް ރޯލުކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ ވެސް ވަރަށް ތަފާތު ލުކެއްގަ އެވެ.