އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވަގުތީ ނަތީޖާ މިރޭ އިއުލާންކޮށްފި އެވެ.

އެ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 24،566 ވޯޓު ލިބުނުއިރު ރައީސް މުހައްމަދު ނަޝީދަށް ލިބުނީ 15،641 ވޯޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އުސްއަލިތައް:

  • ވޯޓުފޮށީގެ ޖުމްލަ އަދަދު 282 ފޮށި
  • ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ އަދަދު 57،255 މީހުން
  • ރައީސް ސޯލިހަށް ލިބުނު ޖުމްލަ ވޯޓު 24،566 (61.10 ޕަސެންޓް)
  • ރައީސް ނަޝީދަށް ލިބުނު ވޯޓު 15،641 (38.90 ޕަސެންޓް)
  • ސައްހަ ވޯޓުގެ އަދަދު 40،207
  • ބާތިލް ވޯޓުގެ ޖުމްލަ އަދަދު 680
  • ޖުމްލަ ވޯޓުލީ އަދަދު 40،887
  • ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުގެ 71.41 ޕަސެންޓް ވޯޓުލާފައިވޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ރައީސް ސޯލިހު ވަނީ ކުޅުދުއްފުށީ ސިޓީ ފިޔަވައި ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ސަރަހައްދަކާއި ސިޓީއަކުން ކުރި ހޯއްދަވާފަ އެވެ.

ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ރައިސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ މި އިންތިޚާބުން ސާފުވާ އެއް މަންޒަރަކީ ރާއްޖޭގެ ހުރިހާ ސިޓިއެއް ވެސް އޮތީ އެމަނިކުފާނާއެކު ކަމަށެވެ. އަދި އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.