ލޭގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް މާމުއާއި ފޮނިތޮށި އެއްކޮށްގެން ބޭނުންކުރުން ރަނގަޅު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގެ އަލީގައި މާހިރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ފޮނިތޮށި ވަރަށް ހިމުންކޮށް މުގުރުމަށްފަހު ގުދުރަތީ މާމުއާ އެއްކޮށް ޕޭސްޓެއް ހެދުމަށް ފަހު ކޮންމެ ދުވަހެއްގެ ހެނދު އެޕޭސްޓުން ސައި ސަމުސާގެ ދެ ސަމުސަލުގެ މިންވަރު ބޭނުން ކުރުމަކީ ނުރަނގަޅު ކޮލެސްޓްރޯލް ނުވަތަ "ލޯވް ޑެންސިޓީ ލިޕޯޕްރެޓެއިން" (އެލްޑީއެލް) ލޭގައި ދަށްކޮށްދޭ ކަމެކެވެ.

މި ޕޭސްޓް ބޭނުންކުރުމަށް ފަހު ހޫނު ފެންތައްޓަކަށް ލުނބޯ ހުތް އަޅައިގެން ބޯލުމަށްވެސް މާހިރުން ލަފާ ދެއްވަ އެވެ. މިގޮތަށް ކަންތައް ކުރުމަކީ އޭގެ އަސަރު ހެޔޮގޮތުގައި ފެންނާނެ ކަމެއްކަމަށް ދިރާސާގައި ބުނެ އެވެ.

މުގުރި ފޮނިތޮއްޓާއި މާމުއިގެ ޕޭސްޓް ހެދުމަށް ބޭނުންކުރާނީ މުގުރި ފޮނިތޮށީގެ ދެސަމުސަލާއި ގުދްރަތީ މާމުއިގެ އެއްސަމުސަލެވެ.

މި ޕޭސްޓުން ކުރާ އެހެން ފައިދާތަކުގެ ތެރޭގައި ގޯލް ބްލެޑާ ދުޅަވުން ކުޑަކޮށްދިނުމާއި ހުޅުތަކުގައި އުފެދޭ ވައި ނައްތާލުމުގެ އިތުރުން ހަށިގަނޑުގައިވާ އެކި ބާވަތްތަކުގެ ފެޓް ނައްތާލުމާއި ހިތުގެ ދުޅަހެޔޮކަން ރަނގަޅު ކޮށްދިނުން ހިމެނެ އެވެ.