ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ތައްޔާރުވެފައިވަނިކޮށް، ސާމާނުތަކުގައި ރޯކޮށްލުމަކީ ފިނޑި އަމަލެއްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ނޮޅިވަރަމު ދަނޑުގައި ޓާފް އަޅަން އެރަށަށް ގެންދިޔަ ތަކެތީގައި ރޯކޮށްލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެތަކެތީގައި ރޯކޮށްލާފައި ވަނީ ދަނޑުގައި ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ނޮޅިވަރަމުގެ ކައުންސިލް މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ ޓާފުތަކުގައި ރޯކޮއްލި ޚަބަރު ލިބުނީ ރޭ ދަންވަރު ތިނެއް ޖެހިފަހުން ކަމަށެވެ. އަދި އެއީ ބަޔަކު ގަސްދުގައިކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވައި، އޭނާ ވަނީ އެ އަމަލު ކުށްވެރިކުރައްވާފަ އެވެ.
މި ކަމާ ގުޅިގެން ޔޫތް މިނިސްޓަރު މަހުލޫފްގެ ޓުވީޓްގައި އޭނާ ވަނީ އެތައް ގޮންޖެހުންތަކާއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ބަޔަކު ގަސްތުގައި ޓާފްތަކުގައި ރޯކޮށްލާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ އެތައް މިލިއަން ރުފިޔާގެ ގެއްލުމެއްކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ ގަސްދުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ.
ކޭންގެ ދެ ލަނޑާއެކު އިންގްލެންޑަށް ވަރުގަދަ ފެށުމެއް
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ކްރޭނުން ކޮންޓެއިނަރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
