ހައިޕަތައިރޮއިޑިޒަމް ނުވަތަ ތައިރޮއިޑް ބައްޔަކީ ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ބައްޔެއް ޖެހުމުން ފަރުވާ ކުރުމަށްވުރެ އެ ބަލި ނުޖެހޭތޯ ގަދައަޅާ މަސައްކަތް ކުރުން ބުއްދިވެރި އެވެ. އެގޮތުން މި ބަލާލަނީ ތައިރޮއިޑް ބަލިން ރައްކާތެރިވުމަށް ކެއުމުގައި ހިމަނަންވީ ބައެއް ބާވަތްތަކަށެވެ.
ބެރީގެ ބާވަތްތައް
ސްޓްރޯބެރީއިން ގޮސް ބްލޫބެރީއާއި ރާސްޕްބެރީއާއި ހަމައަށްވެސް، އެއީ ހުސް ކެއުން ރަނގަޅު ބާވަތްތަކެވެ. ބެރީތަކުގައި ވަރަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހުރުމުން މީހާގެ ދިފާޢީ ނިޒާމް ވަރުގަދަކަން މަތީ ހުރުމަށް އެހީވެދެއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް ވައްތަރެއްގެ ބެރީ ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކުކުޅު
ކުކުޅަކީ މަސްތައް އުފައްދައި ހަކަތަ ލިއްބައިދޭ ޕްރޮޓީން ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. ހައިޕާތައިރޮއިޑް މައްސަލަ ހުންނަ މީހުންގެ ބަރުދަން އާދަޔާއި ޚިލާފަށް ލުއިވާނެ އެވެ. އެހެންކަމުން ހަށިގަނޑު ދުޅަހެޔޮ ބަރުދަނެއްގައި ބެހެއްޓުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން ހުންނަ އެއްޗެހި ކާންވާނެ އެވެ.
ކިރުގެ ބާވަތްތައް
ތައިރޮއިޑް ބަލީގެ ސަބަބުން ކަށިތައް ފީވެ އެވެ. އެކަން ހުއްޓުވުމަށްޓަކައި ކޮންމެ ދުވަހަކުވެސް ޔޯގަޓް އަދި ޗީޒް އާއި ކިރު ފަދަ އެހެނިހެން ޑެއިރީ ޕްރޮޑަކްޓްތައް ބޭނުން ކުރަންވާނެ އެވެ. އެއީ ހަށިގަނޑަށް ކެލްސިއަމް ލިއްބައި ދިނުމަށްޓަކަ އެވެ.