ދުވާލެއްގެ މައްޗަށް މަދުވެގެން 240 މިލިލީޓަރު ކްރޭންބެރީ ޖޫސް ބޯ ނަމަ ކުޑަަކަމުދިއުމަށް ދަތިވުމާއި ބަނޑުގެ މައްސަލަތަކަށް ފަރުވާ ލިބޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީއިން ހެދި ދިރާސާ ބުނާ ގޮތުން ހާއްސަކޮށް އަންހެނުން ދަށްބަނޑުގައި ރިއްސުމާއި ކުޑަ ކަމުދިއުމަށް ދިމާވާ ހުރަސްތަކުން ސަލާމަތްވުމަށް ކްރޭންބެރީ ޖޫސް ވަރަށް ބޮޑަށް އެހީތެރިވެ އެވެ.
އެހެން ކަމުން އެެ ޖޫސް ކޮންމެ ދުވަހަކު ބޯ ނަމަ ކިޑްނީ އާއި މައިދާ އަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުވެ އެވެ. ގަވާއިދުން ކޮންމެ ދުވަހަކު ކްރޭންބެރީ ޖޫސް ބޯ ނަމަ އެފަދަ މައްސަލަތަައް 40 ޕަސަންޓް ކުޑަކޮށްދޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ކްރޭންބެރީން ޔުރިނަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫޓީއައި) ގެ މައްސަލަތަަކަށް ފަރުވާއެއް ކަމަަށް ތަޖުރިބާކާރުން ބުނާ އިރު އެ މޭވާއަކީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ.
ކްރޭންބެރީއަކީ ރާއްޖޭގައި ހައްދާ މޭވާއެއް ނޫން ނަމަވެސް، މި ބާވަތުގެ ތާޒާ މޭވާ އާއި ޖޫސް ރާއްޖޭގެ ބާޒާރުން ފަސޭހަކަމާ އެކު މިހާރު ލިބެން ހުރެ އެެވެ.