ކިޑްނީގެ ދުޅަހެޔޮކަމަކީ އިންސާނާގެ އާއްމު ސިއްހަތަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ކިޑްނީ ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކެއުމުގައި ބައެއް ބާވަތުގެ ތަރުކާރީ ހިމެނުން ރަނގަޅެެވެ.

ކެބެޖު

ކެބެޖަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ތަރުކާރީއެކެވެ. އެހެންވެ މި ތަރުކާރީ ކެއުމަށް އަބަދު ވެސް ހާއްސަ ސަމާލު ކަމެއް ދޭށެވެ. ކެބެޖަކީ ކިޑްނީގެ ބަލިތަކަށް ރަނގަޅު އެހީތެރި އެކެވެ.

ބޮޑު މިރުސް

މިއީ ޕޮޓޭސިއަމް ހިމެނޭ މިންވަރު ވަރަށް ދަށް ތަރުކާރީއެކެވެ. ހަަމަ މިއާ އެކު ވިޓަމިން ސީ، ވިޓަމިން އޭ، ވިޓަމިން ބީ6 ގެ އިތުރުން ފޮލިކް އެސިޑް ވެސް ބޮޑު މިރުހުގައި އެކުލެވެ އެވެ. މިއީ ކިޑްނީގެ ދުޅަހެޔޮކަމަށް މުހިއްމު މާއްދާ ތަކެވެ.

ލޮނުމެދު

މިއީ ދިވެހިންގެ ކެއުންތައް އެއާ ނުލައި ފުރިހަމަ ނުކުރެވޭނެ އެއް ބާވަތެވެ. ހާއްސަކޮށް ތަފާތު ބާވަތްތަކުގެ ރިހަ، ލޮނުމެދާ ނުލައި ކެއްކޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންވެ ދިވެހިންނާ ވަރަށް ރައްޓެހި މި ތަރުކާރީއަކީ ވެސް ކިޑްނީގެ މައްސަލަތަކަށް އޮތް ހައްލެކެވެ.