މިހާރުގެ ފެޝަން ޓްރެންޑްތަކުގެ ތެރެއިން ގިނަ އަންހެން ކުދިން އެންމެ ލޯބިކުރާ އެއް ކަމަކީ އުސް ފައިވާނަށް އެރުމެވެ. ފުންނާބު އުސް އެ ފައިވާންތަކަށް އެރުމުން ބަލާލަން ކިތަންމެ ރީތިވެފައި ޗާލު ވިޔަސް ގިނަ ގެއްލުންތަކެއް ވެސް ލިބެ އެވެ.
ފައިގައި ރިއްސުން
އުސްފައިވާނަށް އެރުމުގެ ސަބަބުން ގިނަ އަންހެނުންގެ ފައިގައި ރިއްސަ އެވެ. މިކަމުގެ ސަބަބަކަށް ވަނީ ހަށިގަނޑުގެ ބުރަދަން ފަޔަށް އުފުލަން ޖެހުމެވެ.
ހިނގަން އުނދަގޫވުން
އުސް ފައިވާނުގައި ހިނގުމަކީ ގިނަ އަންހެނުންނަށް މާފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް ގިނަ އިރުވަންދެން ހިނގާ ނަމަ ނުވަތަ ކޮޅަށް ހުންނަ ނަމަ ފުންނާބުގައި ރިއްސަން ފަށަ އެވެ. ނަތީޖާއަކަށްވަނީ ހިނގާ ގޮތަށް ވެސް ނޭދެވޭ ބަދަލުތަކެއް އައުމެވެ.
ބުރަކަށީގައި ރިއްސުން
ހަށިގަނޑުގެ ބުރަދަން އުނަގަނޑާއި ބުރަކަށްޓަށް އުފުލަން ޖެހުމުގެ ސަބަބުން މި ތަންތަނުގައި ރިއްސަން މެދުވެރިވެ އެވެ. ނަމަވެސް ހިނގާ އިރު ހަށިގަނޑު ސީދާކޮށް ބަހައްޓައި، ކަސްރަތުކޮށް ޔޯގާ ހަދާ ނަމަ މި މައްސަލަތައް ހައްލު ކުރެވިދާނެ އެވެ.
ފައިތިލައިގެ ބައްޓަން ހަޑިވުން
ގިނަ އުސް ފައިވާންތަކުގެ ބައްޓަން ހުންނަ ގޮތުގެ ސަބަބުން ފައިވާނުގެ ތެރޭގައި ފައިތިލަ ބާރުވެ ފައިތިލައިގެ ބައްޓަމަށް ވެސް ބަދަލު އާދެ އެވެ. ހަމައެއާއެކު ފުންނާބުގެ ކުލައަށް ބަދަލު އައިސް ފެޅުން ފަދަ ކަންކަން މެދުވެރިވެ އެވެ.

400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!