ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނުގެ ޒާތީ ކަންކަމަކީ މީހުން ވަރަށް ބަލަން ބޭނުންވާ މައުލޫމަތުތަކެވެ. އެގޮތުން އޭނާއަށް އެންމެ ކަމުދާ ތަކެއްޗާއި، ކަންކަމަކީ އާންމުކޮށް ގިނަ މީހުން ސޯޝަލްމިޑިއާގައިވެސް ދައްކާ ވާހަކަތަކެކެވެ.

ސަލްމާނު އެންމެ ގިނައިން ކުރާ އެއް ކަމަކީ ކޮބާތޯ ފޭނުން އޭނާ ގާތު އަހާފައިވާއިރު، އޭނާ ވަނީ އެ ސުވާލަށް ރައްދުދީފަ އެވެ. އެގޮތުން ސަލްމާނަކީ އެކި ވައްތަރުގެ ސައިބޯނި އެއްކޮށްގެން ގެންގުޅޭހިތްވާ މީހެކެވެ.

މީގެ ތެރޭގައި ހޭންޑްމޭޑް ސައިބޯންޏާއި، ޑިޒައިނަރު ސައިބޯންޏާއި، ފަތްޕިލާވެލީގެ ސައިބޯނި ހިމެނެ އެވެ. ސައިބޯނި އެއްކުރުމުގައިވެސް އޭނާއަށް އެންމެ ކަމުދާ ވައްތަރުގެ ސައިބޯންޏަކީ ތަރުކާރީ އެއްކޮށްގެން ހަދާ ސައިބޯންޏެވެ.

ސަލްމާނަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ މަތީ މަގާމުގައި މިވަގުތު ހުރި ތަރިއޭ ވެސް ބުނެވިދާނެ އެވެ. ސަލްމާނަކީ ބޮލީވުޑްގައި ނަންމަޝްހޫރު ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓަރެއްގެ ގޮތުގައި އަދިވެސް ސަލްމާނު ވާކަން ފާހަގަކޮށްލެވެ އެވެ.

ސަލްމާނު އޭނާގެ ފިލްމީ ކެރިއަރު ފެށީ 1988 ވަނަ އަހަރު ނެރުނު ފިލްމު "ބީވީ ހޯތޯ އޭސީ" ފިލްމުގައި ސަޕޯޓިން އެކްޓަރެއްގެ ރޯލަކުންނެވެ.