ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެ އެވެ.
މެމްބަރު ރިޒާ އަވަހާރަވި ކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޔަގީން ކޮށްދެއްވަ އެވެ.
ރިޒާ އަވަހާރަވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
ރިޒާ މީގެ ކުރިން ޑުބާއީގައި ވެސް ކެންސަރަށް ފަރުވާ ހޯއްދަވާފައިވެ އެވެ.
މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަން ވެސް ކުރައްވާފައި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ވެސް މިދިޔަ އަހަރު ކެންސަރު ބަލީގައި އަވަހާރަވެފައިވެ އެވެ.
ކެއުމަށްފަހު ހެދޭ ގޯހަކުން ލޭގެ ހަކުރުގެ މިންވަރު މަތިވޭ!
ވަގުފް ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
