މޫނު ނިވާކޮށްގެން ތިބި ބަޔަކު، ހުޅުމާލޭގައި ހުރި ޓޭކްއަވޭ ކެފޭއަކަށް ވަދެ ގެއްލުންދީފި އެވެ.
މި މަންޒަރު ދައްކައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯގައި ހެލްމެޓާއި މާސްކު އަޅައިގެން ހުރި ދެ މީހަކު ކެފޭގެ ކައިރިއަށް މަޑުކޮށް، އިރުކޮޅަކުން އެ ކެފޭއަށް ވަދެ މަރުތޭލެއް ކަހަލަ އެއްޗަކުން ގެއްލުންދޭ މަންޒަރު ފެނެ އެވެ.
އެ ވަގުތު ކެފޭގެ ތެރޭގައި ހުރި މީހާ ބޭރަށް ނިކުމެ ދުއްވައިގަންނަ މަންޒަރު ވެސް ފެނެ އެވެ.
ވީޑިއޯގައި ހަމަލާދިން ދެމީހުން ވަނީ ކެފޭގެ ތެރެއަށް ވަދެ، ފައިިސާ އަޅާފައިވާ ވަތްގަނޑު ތެރެއިން ފައިސާ ވެސް ނަގައިފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންގެ އިދާރާއިން ބަލަމުން ގެންދާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ރިޓަޔަވާ ފަހުން މަގާމަށް ހަމަޖައްސާ ފުލުހުންގެ އެލަވަންސް ކަނޑަނީ
ބިދޭސީންނަށް ކުއްޔަށްދީފައިވާ ފްލެޓްތައް އަތުލާނެ ކަމުގެ އިންޒާރު
"އެވެޓާ"ގެ އާ ފިލްމަށް ލިބުނީ ފިނި ތަރުހީބެއް!
