މަތިންދާ ބޯޓެއްގެ ބިޒްނަސް ކްލާހުގައި ދަތުރު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ބޭނުންވާނެ ކަމެކެވެ. އެ ކްލާހުން ލިބޭ ޚިދުމަތްތަކާއި ތަޖުރިބާގެ ފެންވަރު ރަނގަޅުވާނެތީ އެވެ.
އެހެން ނަމަވެސް ޖަޕާން އެއާލައިނުން ދަތުރުކުރި ފަސިންޖަރަކަށް ކުރެވުނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެ ކަމުގެ އުއްމީދުގައި ނެގި ބިޒްނަސް ކްލާހުގެ ޓިކެޓަށް ލިބުނީ އެންމެ ދަށް ފެންވަރުގެ ހިދުމަތެވެ.
އޭވިއޭޝަން ފޯރަމްއެއް ކަމަށްވާ ފްލަޔާޓޯކްއަށް ފޮނުވި މެސެޖެއްގައި އެ ފަސިންޖަރު ބުނެފައިވަނީ ފްލައިޓް ނައްޓާލުމުގެ ކުރިން ބިޒްނަސް ކްލާހުގައި އޭނާއަށް ލިބޭނީ ވެޖިޓޭރިއަން މީލް އެއް ކަމަށާއި އެއީ ދޮންކޭލެއް ކަމަށް ފްލައިޓް އެޓެންޑެންޓުން އޭނާ ކައިރީގައި ބުނި ކަމަށެވެ.
އެހެން ނަމަވެސް ކްލާހަކީ ބިޒްނަސް ކްލާހަށް ވެފައި ޚިދުމަތް އެހާ ފީކަޅާ ނުވާނެ ކަމަށް ނިންމައި އޭނާ އުއްމީދުކޮށްގެން ހުރީ އޭނާއަށް ލިބޭ ކެއުމުގައި ދޮންކެޔޮ ހިމެނެނީ ކަމަށެވެ.
އެހެން ނަމަވެސް ފްލައިޓް ނައްޓާލުމަށްފަހު ކެއުމުގެ ގޮތުގައި ދޮންކޭލެއް ލިބުނު ކަމަށާއި އެކަމާ ސުވާލު ކުރުމުން ވޭގަން މީލްއަކީ އެއީ ކަމަށް އެއާލައިންގެ މުވައްޒަފުން ބުނި ކަމަށް އެ މީހާ ބުންޏެވެ.
އާއްމުކޮށް ފްލައިޓްތަކުގައި ލިބޭ ކެއުންތަކަކީ އެހާ ރަނގަޅު ފެންވަރުގެ ކެއުންތަކެއް ނޫން ނަމަވެސް އޭނާއަށް ކުރެވުނު ތަޖުރިބާއަކީ ބަލައިގަނެވޭނެ ތަޖުރިބާއެއް ނޫންކަމަށް އެ މީހާގެ މެސެޖުގައި ބުނެފައިވެ އެވެ.
އެމީހާ ވަނީ އޭނާއަށް ލިބުނު "ބިޒްނަސް ކްލާސް" ހިދުމަތުގެ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
ފައިނޭންޝަލް އެކްސްޕޯއިން އަގުހުރި ފައިސާގެ އިނާމު ޕްރޮމޯޝަނެއް
އިތުރު ވަގުތުގައި ކޭޕް ވާޑް އަތުން އާޖެންޓީނާ ސަލާމަތްވެއްޖެ
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައްވައިފި