ހޮލީވުޑް ބަތަލާ އެމްބާ ހާޑް އޭނާގެ ނަން ބަދަލުކޮށްފި އެވެ.

މީޑިއާތަކުން ބުނާގޮތުގައި އެމްބާ އޭނާގެ ނަން ބަދަލު ކުރީ، އޭނާގެ ކުރީގެ ފިރިމީހާ، އަދި ކާމިޔާބު ހޮލީވުޑް އެކްޓަރެއް ކަމަށްވާ ޖޯނީ ޑެޕްއާ އެކު ކުރިއަށް ގެންދިޔަ ކޯޓް ކޭހުން ނާކާމިޔާބީއާ ކުރިމަތިލުމަށްފަހު، އާންމުންގެ ނުރުހުން އޭނާއަށް އަމާޒުވުމުންނެވެ.

އެގޮތުން ކައިވެނިކޮށްގެން އުޅުނު އިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނެ 2018 ވަނަ ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑްގެ ތުހުމަތާ ގުޅިގެން ޑެޕުގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފަ އެވެ.

މި މައްސަލަ ޑެޕް ކާމިޔާބުކޮށްފައިވާއިރު، އެމްބާއަށް އެކި ގޮތްގޮތުން އާންމުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހަމަ އެހެންމެ އެންބާ ވަނީ މާލީ ގޮތުން ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މި މައްސަލައާ ގުޅިގެން އާންމުންނަށް ފިލައިގެން އެމްބާ ވަނީ ގައުމާވެސް ދުރަށްގޮސްފަ އެވެ. އޭނާގެ ނަން "މާތާ ޖޭން ކެނަރީ" އަށް ބަދަލު ކުރުމަށްފަހު އެހެން ގައުމެއްގައި މިހާރު ވަޒަންވެރިވެފައިވާކަމަށް ބައެއް މީޑިއާތަކުން މައުލޫމާތުދީފައިވެ އެވެ.