ހިމަގްލޮބިންއަކީ އިންސާނުންގެ ލޭގައި ހުރުން މުހިއްމު މާއްދާ އެކެވެ. ލޭ އޮލަކޮށްދޭ ހިމަގްލޮބިން ލޭގައި މަދުވެއްޖެނަމަ ލޭގެ ބަލިތައް ޖެހުން ގާތެވެ. މި މައްސަލަ ކެއުމުން ވެސް ހައްލު ކުރެވިދާނެ އެވެ.
ސްޕިނެޗް
ސްޕިނެޗްގައި ގިނަ އަދަދަކަށް އަޔަން އާއި އެންޓިއޮކްސިޑެންޓްސްގެ އިތުރުން އެހެނިހެން އަސާސީ ނިއުޓްރިއެންޓްތައް އެކުލެވިގެންވެއެވެ. ސޭންޑްވިޗް އާއި ސްމޫތީ އަދި ސޫޕް ތައްޔާރު ކުރާއިރު ސްޕިނެޗް ބޭނުންކުރުމަކީ ހިމޮގްލޮބިން ލެވެލް މަތިކޮށްދޭ ކަމެކެވެ.
މޭބިސްކަދުރު
މޭބިސްކަދުރަކީ އެންމެ ގިނައިން އަޔަން އެކުލެވިގެންވާ އެކައްޗެވެ. އޭގައި 1.6 މިލިގްރާމް އަޔަން ހިމެނެއެވެ. އެއީ ހަށިގަނޑަށް އިތުރަށް ލޭ އުފެއްދުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ސީރިއަލް، ޔޯގަޓް އަދި ސޫޕާއި ސެލެޑްތަކަށް މޭބިސްކަދުރު އަޅައިގެން ކެއުމަކީ ރަނގަޅު ކަމެކެވެ.
އިތާ (އޮއިސްޓާ)
އިތާ އަކީ ޕްރޮޓީން އާއި އޮމެގާ-3 ފެޓީ އެސިޑްސް އަދި އަޔަން އެކުލެވިގެންވާ އެއްޗެކެވެ. 85 ގްރާމް އިތާގައި 8 މިލިގްރާމް އަޔަން އެކުލެވިގެންވެ އެވެ. އެވަރުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އަޔަން ބޭނުންވާ މިންވަރު ފުއްދައިދޭނެ އެވެ. ރޭގަނޑު ކެއުމުގައި އިތާ ހިމެނުމަކީ ހިމޮގްލޮބިންގެ މައްސަލަތައް ހައްލުކޮށްދޭ ކަމެކެވެ.
މުގު
މުގަކީ އެންމެ ދުޅަހެޔޮ ކާނާގެ ގޮތުގައި ބެލެވޭ އެއް ބާވަތެވެ. 1 ޖޯޑް މުގުގައި 6.6 މިލިގްރާމް އަޔަން ހުރެއެވެ. ހިމޮގްލޮބިން ލެވެލް އިތުރު ކުރުމަށްޓަކައި ސޫޕް އަދި ޕާސްތާ ކައްކާއިރު މުގު އަޅާށެވެ.
ސޯއިބީން
މިއީ ޕްރޮޓީން އާއި އަންސެޗުރޭޓެޑް ފެޓްގެ އިތުރުން ފައިބާ އަދި އަޔަން ވެސް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން ސޯޔާބީން ކެއުމުން ހިތުގެ ބައްޔާއި ކެންސަރާއި އޮސްޓިއޮޕޯރޮސިސް ޖެހުމުގެ ފުރުސަތުވެސް ކުޑަވެއެވެ.
6. އަވިން ހިއްކާފައިވާ ޓޮމާޓޯ
މިއީ އޭގެ މީރު ރަހައަށް ވަރަށް މަޝްހޫރު އެއްޗެކެވެ. އަވިން ހިއްކާފައިވާ ޓޮމާޓޯތަކުގައި އެންޓިއޮކްސިޑެންޓާއި ވިޓަމިން ސީ އަދި ލައިކޮޕީން ހިމެނެއެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އެއް ޖޯޑް އަވިން ހިއްކާފައިވާ ޓޮމާޓޯގައި ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އަޔަން ބޭނުންވާ މިންވަރުގެ 30% ހިމެނެއެވެ.