ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީ އާއި އެކު ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރަން މިރޭ ނިންމައިފި އެވެ.

މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއެކު ޖުމްލަ 12 މެމްބަރުން ބައިވެރިވި އެވެ.

މިރޭ ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލިސ ްމެމްބަރުން ބޭއްވެވި ޕީޖީ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީށް އީވާ އަބްދުﷲ ވިދާޅުވީ، އެކުގައި މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ ޖޭޕީ އާއި އެކު ޖޮއިންޓް ޕާލިމެންޓްރީ ގުރީޕެއް ހަދައިގެން އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މާދަމާ ވެސް ޖޭޕީ އާއި އެކު މަޝްވަރާތައް ފެށީދަނެ ކަމަށެވެ. އަދި އެބޭފުޅުންގެ ތާއިދު އޮންނަ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާޒިމް ވދިާޅުވި އެވެ.

ރައީސް ނަޝީދު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން"ފެކްޝަނުން ކުއްލި ޕީޖީ ބައްދަލުވުމެއް ބޭއްވިއިރު ޖުމްހޫރީ ޕާޓީ އިން ވަނީ ޖޭޕީގެ ކެންޑީޑޭޓަކު ރިޔާސީ އިންތިހާބުގައި ނެރެ ވަކިން ވާދަ ކުރުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައި އެވެ.