އެއާޕޯޓުތަކުގެ އޮސްކާގެ ނަމުން މަޝްހޫރުވެެފައިވާ ވޯލްޑް އެއާޕޯޓު އެވޯޑްސްގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުގެ އެވޯޑު ސިންގަޕޫރުގެ ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓު އަނެއްކާ ވެސް ހޯދައިފި އެވެ.
މީގެ ކުރިން ވެސް އެ އެވޯޑް 11 ފަހަރު ހާސިލް ކޮށްފައިވާ ޗަންގީ އެއާޕޯޓަކީ ޖާގައިގެ ގޮތުންނާއި ފެންވަރުގެ ގޮތުން ވެސް ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ.
އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުގެ އިތުރުން ބެސްޓް އެއާޕޯޓް ޑައިނިން އެއާޕޯޓާއި ބެސްޓް ލެޝާ އެމިނިޓީސްގެ އެވޯޑު ވެސް ލިބިފައި ވަނީ މި އެއާޕޯޯޓަށެވެ.
40 މީޓަރު އުސް އިންޑޯ ފެން އަރުވާވަޑާމަކާއެކު ޑިޒައިން ކޮށްފައިވާ ޗަންގީ އެއާޕޯޓުގެ އިންޓީރިއާ ޑިޒައިންއަކީ އެ އެއާޕޯޓުގެ އެންމެ ހާއްސަ ސިފަ އެވެ.
އަހަރެއްގެ މައްޗަށް އެތައް މިލިއަން ބަޔަކު ބޭނުންކުރާ ޗަންގީ އެއާޕޯޓަކީ ސިންގަޕޫރުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މައި ދައުރެއް އަދާކުރާ ތަނެކެވެ.
މި އެވޯޑުގެ އެހެން މަގާމުތައް ގެންގޮސްފައިވާ އެއާޕޯޓުތަކުގެ ތެރޭގައި ނިއުޔޯކްގެ ލަގާޑިއާ އެއާޕޯޓާއި ތުރުކީގެ އިސްތަންބުލް އެއާޕޯޓުގެ އިތުރުން ހޮންގްކޮންގް އެއާޕޯޓު ވެސް ހިމެނެ އެވެ.