ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ވަނީ އިރުއިރު ކޮޅާ ފިކުރު ބަދަލުނުވާ ބަޔަކަށް ކަމަށް ވިދާޅުވެ، މިދިޔަ ހަފްތާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ޖޭޕީއަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަމީރު އަކީ ޖޭޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މާ ކުރިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާކަން ސަމީރު ވަނީ ހާމަ ކުރައްވާފަ އެވެ.
ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ކައުންސިލުން ނިންމުމާއެކު ކައުންސިލް ބައްދަލުވުމުގައި އިންނަވައި ސަމީރު ވަނީ ޕާޓީގެ މެމްބަރު ކަމުން މިއަދުން ފެށިގެން ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީ އިން ރޭ ގުރައިދޫ ދާއިރާގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ސަމީރު ވަނީ އޭނާ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީއަށާޢި އެ ޕާޓީގެ ލީޑަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސަމީރު ވިދާޅުވީ ސަރުކާރު ހިންގަން ޖެހިފައި މިއޮތީ އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް، ސަރުކާރުގައި ތިބި ބައެއްގެ އުނދަގޫތަކާއެކު ކަމަށެވެ. އަދި އަދި ވަކި ބަޔަކު ބޭނުންވާ ވަކި ކަހަލަ ފިކުރެއް ގެންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ އެ މަނިކުފާނާ އެކު މަސައްކަތްކުރައްވާ ކޯލިޝަން ޕާޓީތަކާއި ވާދަވެރިންނަށް ވެސް ގިނަ، ފަހި ފުރުސަތުތަކެއް ދެއްވައިގެން ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެކަމަކު އޭގެ ހިތި ރައީށް އަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ސަމީރު ވިދާޅުވީ ވަކި ބަޔަކު "ބޭނުންވާ ކަންކަން ފުދުމުން"، ރައީސް ސޯލިހް ދޫކޮށްލައި ވަކިން އިންތިހާބަށް ނުކުންނަށް ނިންމާފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ އެކުގައި ތިއްބަވާފައި ހުރިހާ ކަމެއް ލިބިވަޑައިގަތީމާ ދެން ވެސް ނިކުމެ ދެކޮޅަށް މަސައްކަތް ކުރަން ފެއްޓެވުމުން ވެސް ރައީށް ސޯލިހު ކެއްތެރިކަމާއެކު ހުންނެވި ކަމަށެވެ.
ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ރައީސް ސޯލިހުގެ ވެރިކަމުގައި އަނބުރާ ގެންދެވި ކަމަށާ އޭގެ ސަބަބަުން ގާސިމްމެން ފަދަ ބޭފުޅުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ސަމީރަކީ ހަގީގީ އެމްޑީޕީ މެމބަރެއް. ޢަތްމަތި ދަތިވެ އުޅެވެން ނެތީމަ ޤާސިމް އަރިހަށް ގޮސްގެން އުޅުނީ
މީ ހަކުރުދެންޏާ ބޮޑުބޭބެ ކިޔާ ގުރޫޕް. މީ ސިޔާސީ މީހުންގެ ތެރޭގައި އެންމެ ބޮޑު ގުރޫޕް
ކާންދިން އަތުގާ ދަތް އެޅީދޯ، ދެން ތި ޕޯޑިއަމުން ފުއްމާލައިގެން ދުއްައިގަންނާނީ ކޮންތާކަށް ކަންވެސް ނޭނގޭ.
ކޭ އެއްޗެހި ބޭރުކުރޭ