ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • 1 ½ ޖޯޑު ހަކުރު
  • 1 ސައިސަމުސާ ބޭކިން ސޮޑާ (ފުރާނާފައި)
  • 2 ސައިސަމުސާ ބޭކިން ޕައުޑަރު
  • 2 ސައިސަމުސާ ފޮނިތޮށި
  • 3 ބިސް
  • 1 ޖޯޑު ތެޔޮ
  • 2 ޖޯޑު ބަރަބޯ ޕޫރީ (ކައްކާފައި ނުވަތަ ފިހެފައި)

ތައްޔާރު ކުރާނެ ގޮތް:

  1. 180 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 9 އިންޗި 13 އިންޗީގެ ޓްރޭއެއްގައި ބަޓަރު ނުވަތަ މާޖިރިން ހާކައި ޓްރޭ ތައްޔާރު ކުރާށެވެ.
  2. ފުން ތަށްޓެއްގައި ފުށާއި ހަކުރާއި ބޭކިން ސޮޑާ އަދި ބޭކިން ޕައުޑަރާއި ފޮނިތޮށި އެއްކުރާށެވެ.
  3. އެހެން ތަށްޓެއްގައި ބިހާއި ތެޔޮ އަދި ބަރަބޯ އެއްކުރާށެވެ.
  4. ބަރަބޯ ރަނގަޅަށް އެކުވުމުން ފުށް ތަށީގެ ތެރެއަަށް އަޅައި އޮމާން ވަންދެން އެއްކުރާށެވެ.
  5. ދެން ކުރިން ތައްޔާރުކުރި ޓްރޭއަށް އެޅުމަށްފަހު އަވަނުގައި ފިހާށެވެ. ބައިގަޑިއެއްހައި އިރުން ރަނގަޅަށް ފިހެވޭނެ އެވެ.