އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖަރު ހުސައިން ރަޝީދު އައްޔަން ކުރައްވާފައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ހުސައިން ރަޝީދު އެމަގާމަށް އައްޔަންކޮށްފައި ވަނީ މިމަހުހެ 26 ވަނަ ދުވަހު ކަމަށެވެ.

އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ކެޕްޓަން ހަނާ މުހައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މައުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މައުލޫމާތު ދިނުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށްކަމަށްވެސް އެމްއެންޑީއެފްއިން ބުނެ އެވެ.