ސޮނީ ޓީވީގެ "އިންޑިން އައިޑޮލް" ސީޒަން 13 ރިޝީ ސިންގް ކާމިޔާބުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ޝޯގެ ގްރޭންޑް ފިނާލޭގައި ރިޝީ އެއްވަނަ ހޯދީ ދޭބޯޝްމީތާ ރޯއީ އާއި ވާދަކޮށްގެންނެވެ.

ރިޝީ ޝޯގެ ޓްރޮފީ އުފުލާލި އިރު، ކުރިން ވެސް ވަރަށް ގިނަ ބަޔަކު ބުނަމުން އައީ އައިޑޮލް ކާމިޔާބުކުރާނީ އޭނާ ކަމަށެވެ

އުއްތަރްޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ރިޝީ ބުނީ ޝޯ ކާމިޔާބުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާ ކުރިއަށް އޮތް ތަނުގައި ވެސް ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެންނާނެ ކަމަށެވެ. އަދި މިޝޯގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ރިޝީ ބުންޏެވެ.

https://www.instagram.com/reel/Cqi1XDzBGFz/?utm_source=ig_embed&ig_rid=87e90ea5-5a4c-47ea-8eb7-831684d076c7

މި ޝޯ ކާމިޔާބުވުމުން އިނާމަކަށް އޭނާއަށް 25 ލައްކަ ރުޕީސް ލިބުނެވެ.

ހަތް މަހަށް ދެމިގެން ދިޔަ މި ޝޯގެ ފިނާލޭ އަށް ހަ ބައިވެރިޔަކު ވާދަކުރި އިރު، ޝޯގެ ދެވަނަ ލިބުނީ ދެބޯޝްމިތާ ރޯއިއަށެވެ. އަދި ތިން ވަނަ އަކީ ޗިރާގް ކޮޓްވާލް އެވެ.