ސަފާ އުމްރާ ގްރޫޕުން މިއަދު އުމްރާއަށް ދާން ތިބި އުމްރާވެރިންނަށް ނުފުރުނު މައްސަލަ ގާތުން ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އުމްރާއަށް ނުފުރިގެން ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
"ރޯދަމަހު އުމްރާއަށް ގެންދަން ސަފާ ގުރޫޕުގެ ފަރާތުން ހަމަޖެހިފައިވާ އުމުރާވެރިން، އުމްރާއަށް ގެންދިއުމުގައި މައްސަލަތަކެއް ދިމާވެ އުމުރާއަށް ނުފުރޭ ކަމުގެ ޝަކުވާ މިއަދު މިނިސްޓްރީއަށް ލިބުނު،" އެ މެސެޖުގައިވެ އެވެ.
ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިއަދު އުމްރާއަށް ދާން ތައްޔާރުވެ ތިބި މީހުންނަށް ނުފުރި މިއަދުގެ ދަތުރު ކެންސަލް ކުރި ފަހުން ވިސާ ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ ގްރޫޕުގެ ހަވާލުގައި ފުރަން ތިބި މީހުންނަށް ވިސާ ހަމަނުޖެހުނުއިރު ފްލައިޓްތަކުގެ ޖާގަ ވަނީ ފުލްވެފަ އެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި 181 މީހުން އުމްރާއަށް ދާން އެބަތިއްބެވެ.
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!