ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ނާޝީދު (އޭޑީކޭ ނާޝިދު) ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ރައީސް ސޯލިހާ ސަލާން ކުރައްވާ ފޮޓޯއަކާ އެކު ނާޝިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރުވެސް މިހާރުވެސް ރައީސް ސޯލިހު ކަމަށެވެ.
ދާދިފަހުން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މުހައްމަދު މޫސާ އާ ވެސް ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އިބޫ 23 ޖަހާފައިވާ ޖޯޒީއެއް އޭނާ ވަނީ ރައީސް ސޯލިހަށް ހަދިޔާ ކުރައްވާފަ އެވެ. ބެލެވޭގޮތުގައި އެއީ އޭނާ ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރުމުގެ ގޮތުން ކުރި ކަމެކެވެ.
ރައީސް ސޯލިހާއެކު މިހާތަނަށް ކޯލިޝަން ހަދަން ނިންމާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެކަންޏެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ތާއީދު ކުރާނެ ވަކި ބަޔަކު އަދި ނުނިންމަ އެވެ.
"ސްޓްރެސް" ވޭތަ؟ މިއޮތީ މުޅިން ތަފާތު ހައްލެއް!
ނެޝަނަލް ސާވިސްގެ ތަމްރީން 346 ދަރިވަރަކު ފުރިހަމަ ކޮށްފި
އެމްއޭސީއެލް އަކީ ވައްކަންކޮށްދޭ މަރުކަޒަކަށް ވެއްޖެ: ޔާމީން
