ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އިންޑިއާ މީހާ ހައްޔަރު ކުރީ މާލެއިން ފުރަންގޮސް އެއާޕޯޓްގައި ހުރެ "ބޮމެކޭ" ބުނެ ވާހަކަ ދައްކައިގެން ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެ މީހާ ހައްޔަރުކުރީ އެ ދުވަހުގެ މެންދުރު 1:30 އެހާކަންހާއިރު މާލެއިން ފުރަންގޮސް އެއާޕޯޓްގައި ހުރެ "ބޮމެކޭ" ބުނެ ވާހަކަ ދެއްކި ކަމުގެ ތުހުމަތަށެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 28 އަހަރުގެ ރާޖް ޕްރަޝާންތް ކިޔާ މީހެކެވެ.

އޭނާ ކަސްޓޯޑިއަލް ޖަލުގައި ބަންދު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.

އިންޑިއާ މީހާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ މައްސަލައިގެ ޒާތަށް ބަލައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށައަޅާފައިވުމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ކަމަށާއި ބިދޭސީއަކަށްވުމުން ފިލާފާނެ ކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ވެ އެވެ.

އޭނާ އަށްވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. އަދި ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ. އަދި އިތުރަށް ހެކި ހުށައަޅަން ކޯޓުން ވަނީ ފުރުސަތު ދީފަ އެވެ.

އިންޑިއާ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި މިވަނީ ޓެރަރިޒަމް އަމަލެއްގެ ހިނގާ ކަމުގެ ތުހުމަތުތައް ކުރެވިގެން އިންޑިޔާ މީހަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ހެނދުން ފެށިގެން މީޑިއާތަކުން ހަބަރުފަތުރަމުން ގެންދަނިކޮށެވެ.