ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގްޓަނަށް ފުރާވަޑައިގެންފި އެވެ.ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމް އާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ20) ގެ މާލީ ވަޒީފުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 12 އިން 17 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެއިދާރާއިން މައުލޫމާތުދެ އެވެ.މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ވީ20 ގްރޫޕުގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ ފިނޭންސް އެންޑް އިކޮނޮމިކް މިނިސްޓަރު ވަނީ ހާއްސަ ދައުވަތުގެ ސިޓީއެއް ރައީސް ނަޝީދަށް ފޮނުއްވާފަ އެވެ.ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށްވެސް މަޖިލީހުން ބުނެ އެވެ. މި ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝާ: އެޑްވޮކޭޓިން ފިޓް-ފޯރ- ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗާ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން" އެވެ.ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވިއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.