އެއްވެސް ބަޔަކު ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ދަތިވާ ފަދަ ކަންތައްތައް ނުކުރެއްވުމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ގޮވާލައިފި އެވެ.
އާޒިމް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް މުޒާހަރާގައި އާންމު ދަތުރުފަތުގެ ނިޒާމަށް ދަތިވާގޮަތަށް މަގުގެ ޓެފިކް ހުއްޓުވާ މަގުން ދަތުރު ކުރާ ބަސްތައް ހުއްޓުވަމުންދާތީ އެވެ. މާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީ އިންނެވެ.
މާލެ ބޮޑުތަކުރުފަނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެޔަކުވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ މުޒަހަރާ ކުރަމުންނެވެ. މިމުޒާހަރާތަކުގައި އާންމު ދަތުރުފަތުރައް އުނދަގޫވާނެ ހެން މަގުތަކުގައި މުޒަހަރާ ކުރެ އެވެ.
އާޒިމް ވިދާޅުވީ އެއްވެސް ބަޔަކު ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަށް ދަތިވާނެހެން ކަންތައްތައް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދެވޭ ހިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާރުޓީއެލްގެ ބަސްތައް ހިފަހެއްޓުމަކީ މުޒާހަރާގެ ބައިވެރިން އާންމުކޮށް ކުރާކަމެއް ކަމަށް ކަމަށާ އާންމުރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް ދަތިވާކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތައް ކުރާ މީހުން އިސްލާހު ކުރަން ފުލުހުންގެ ކިބައިން ވެސް އޭނާ އެދި ވަޑައިގެންފައި ވެއެވެ.
މިދިޔަ މަހު ޕީޕީއެމް އިން ކުރި މުޒާހަރަގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ވެސް ހިފަހައްޓަާފައި އެވެ.
އާންމު ދަތުރުފަތުރައް އުނދަގޫވާގޮތައް ޕީޕީއެމް އިން މުޒާހަރާ ކުރާތީ އެކަމާމެދު ފުލުހުން މާބޮޑު ފިޔަވަޅެއް ނާޅައެވެ.
ފުލުހުން ބުނީ ސިޔާސީ ޕާޓީތަކުން ހިންގާ އެފަދަ ކަންކަމުގައި ފުލުހުންނަށް ކުރެވޭ މާބޮޑު ކަމެއް ނޯންނަ ކަމަށެވެ.