އޮސްޓްރޭލިއާ އަށް އުފަން 92 އަހަރުގެ ބިލިއަނަރެއް ކަމަށްވާ ރުޕާޓް މާޑޮކް އޭނާގެ 66 އަހަރުގެ އަންހެނުން ވަރިކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މޮޑްރިޗް އޭނާގެ އަންހެނުން ޖެރީ ހޯލްސް ވަރިކޮށްލާފައި ވަނީ އީމެއިލްއެއް ފޮނުވައިގެންނެވެ. އެ އީމެއިލްގެ ކުރިން އެފަދަ އެއްވެސް ވާހަކައެއް ދެމަފިރިންގެ މެދުގައި ނުދެކެވޭ ކަމަށް ބުނެވެ އެވެ.

"އަހަރުމެންގެ ކައިވެނި މިހާ ހިސާބުން ނިމުމަކަށް ގެންނަން އަހަރެން ނިންމައިފިން،" ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތައް ހިންގާ މޮޑްރިޗް ހޯލްސްއަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މޮޑްރިޗް ބުނެފައި ވަނީ ހޯލްސްއާއެކު ރަނގަޅު އުފާވެރި ވަގުތުތަކެއް ހޭދަކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާ ކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށެވެ.

މިހާރު އިނގިރޭސިވިލާތުގެ ރައްޔިތުކަން ލިބިފައިވާ އުމުރުން 90 އަށް ވުރެ މަތިވެ މުސްކުޅި ބަލީގެ އަލާމާތްތައް ތަހައްމަލު ކުރައްމުން އަންނަ މާޑޮކް ވަނީ ދާދި ފަހުން އޭނާގެ ވިޔަފާރީގެ ބޮޑު ހިއްސާއެއް ވިއްކާލާފަ އެވެ.

ހަަބަރުތައް ބުނާ ގޮތުގައި އީމެއިލްގައި އޭނާ ބުނެފައިވާ "ކުރަން ހުރި ކަންކަމަކީ" އަނެއްކާ ވެސް އެހެން މީހަކަށް ކައިވެނި ކުރުމެވެ.