ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާ މާދަމާ މަޖިލިސް ޗުއްޓީ އަށް ދިއުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާ މާދަމާ ަޖިލިސް ޗުއްޓީ އަށް ދާނެ ކަން އިއުލާން ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ މާދަމާ މެންދުރު 12:00 ގައި މަޖިލިސް ނިންމުމަށް ގަސްތުކުރައްވާ ކަމަށެވެ. އަދި މާދަމާ އިން ފެށީގެން ދެ ހަފްތާ އަށް މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް ރައީށް ނަޝީދު ވިދާޅުވި އެވެ.

މާދަމާ މަޖިލިސް ޗުއްޓީއަށް ދާއިރު ކުނި މެނޭޖު ކުރުމާބެހޭ ގާނޫނުގެ ދަށުން ނަގަމުން އަންނަ ޕްލާސްޓިކް ކޮތަޅު ފީ އާ ގުޅޭ ގޮތުން މަޖިލީހުގައި މިދިޔަ ދެ ހަފްތާއެއްހާ ދުވަހު މިކަމާ ގުޅިގެން ހޫނު ބަހުސްތަކެއް ހިނގި އެވެ. އަދި ކުނި މެނޭޖްކުރުމާއި ބެހޭ ގާނޫނުގެ ދަށޫން ކޮތަޅުގެ އަގު ބޮޑުވެގެން ދިއުމުން ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައި އެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.