މަޝްހޫރު ގޭމް "ސުޕަ މާރިއޯ" ފްރެންޗައިޒްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލައިވް އެކްޝަން ފިލްމު "ސުޕަ މާރިއޯ ބްރޮސް" އަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށް ވުރެން ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

މި މަހުގެ ކުރީކޮޅު ރިލީޒްކުރި ޔުނިވާސަލް ޕިކްޗާސްގެ ކްރިސް ޕްރަޓް ލީޑް ރޯލުން ފެނިގެންދާ އެނިމޭޓެޑް ފިލްމު ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށް ވުރެން ބޮޑު އާމްދަނީއެއް ވަނީ ލިބިގެން ގޮސްފަ އެވެ.

މި ފިލްމު ވެފައިވަނީ 2023 ވަނަ އަހަރު މި ބޮޑު މައިލްސްޓޯން ހުރަސްކުރި ފުރަތަމަ ފިލްމަށެވެ.

ފިލްމުގެ ކާސްޓިން އާއި ގުޅިގެން ފިލްމުގެ ހުރިހާ ފާޑުކިޔުންތަކެއް ކުރިމަތިވި ނަމަވެސް، ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހުން ފެށިގެން އެމެރިކާގެ ބޮކްސް އޮފީހުގައި ވަނީ ރަނގަޅު އާމްދަނީއެއް ލިބިގެން ގޮސްފަ އެވެ.

މި ފިލްމަށް އުތުރު އެމެރިކާގައި 487.5 މިލިއަން ޑޮލަރު އަދި ބައިނަލްއަގްވާމީ ގޮތުން 533 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޖުމްލަ ކަލެކްޝަން އެއް ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. މި ފިލްމަކީ މި ކާމިޔާބީ ހާސިލްކުރި 10 ވަނަ އެނިމޭޓެޑް ފިލްމާއި ކޯވިޑް-19 އަށް ފަހު މިފަދަ އާމްދަނީއެއް ހާސިލްކުރި ފަސް ވަނަ ފިލްމަށް ވެފައިވާ ކަމަށް ޓީއެޗްއާރު އިން ބުނެ އެވެ.

https://www.youtube.com/watch?v=RjNcTBXTk4I

ކޮވިޑް-19 ގެ ފަހުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހުރަސްކޮށްފައިވާ އެހެން ފިލްމުތަކަކީ، "ސްޕައިޑަ މޭން: ނޯ ވޭ ހޯމް"، "ޓޮޕް ގަން: މެވަރިކް"، "ޖުރާސިކް ވޯލްޑް ޑޮމިނިއަން" އަދި "އަވަޓާ: ދަ ވޭ އޮފް ވޯޓަރ" އެވެ.

އާރޮން ހޯރްވާތު އާއި މައިކަލް ޖެލެނިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ވަނީ 2016 ވަނަ އަހަރު ރިލީޒްކުރި ވޯކްރާފްޓް ފިލްމު (210 މިލިއަން ޑޮލަރު) ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވި އެންމެ ބޮޑު ވީޑިއޯ ގޭމް ފިލްމުގެ ތަހުތުން ވައްޓާލާފަ އެވެ.

މި ފިލްމަކީ ހަމަ އެ ނަމުގައި ނިންޓެންޑޯގެ ވީޑިއޯ ގޭމް ފްރެންޗައިޒްގެ އެނިމޭޓެޑް އެޑެޕްޓޭޝަނެކެވެ. މި ފިލްމަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ކްރިސް ޕްރެޓް، ޗާލީ ޑޭ، ޖެކް ބްލެކް، ސެތު ރޯޖެން، ކީގަން- މައިކަލް ކީ، ފްރެޑް އާމިޒެން އަދި އެނިއާ ޓޭލާ-ޖޯއި ހިމެނެ އެވެ.

މި ފިލްމަށް ކްރިޓިކްސް އާއި ބެލުންތެރިންގެ ފަރާތުން ވެސް މިކްސްޑް ރިވިއުތަކެއް ލިބިފައިވާއިރު، އެ ފިލްމުން ވަނީ ކުލަގަދަ އެނިމޭޝަނަށް އެޑްވެންޗަރަސް ޑްރާމާއަށް ތައުރީފުކޮށްފަ އެވެ.