އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޝެފް އަދި މާސްޓަޝެފް އޮސްޓްރޭލިއާގެ ހޯސްޓް ޖޮކް ޒޮންފްރިލޯ ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

އުމުރުން 46 އަހަރުގެ ޖޮކް ޒޮންފްރިލޯ މަރުވެފައިވަނީ މިއަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ މާސްޓަޝެފް އޮސްޓްރޭލިއާ ދެއްކުން ހަމަޖެހިފައިވާ ދުވަހު އެވެ. މިކަން މިޝޯ ގެނެސްދޭ ނެޓްވޯކް 10 އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އޭނަގެ އަންބަކާއި ހަތަރު ދަރިން އެބަތިއްބެވެ.

މާސްޓާޝެފް އޮސްޓްރޭލިއާގެ ބްރޯޑްކާސްޓާ ނެޓްވޯކް 10 އާއި ޕްރޮޑަކްޝަން ހައުސް އެންޑެމޯލް ޝައިން އޮސްޓްރޭލިއާ އިން ބުނީ އޭނާގެ ކުއްލި މަރާއި ގުޅިގެން "ފުން ސިހުމެއް" ލިބިފައިވާ ކަމަށެވެ.

https://www.facebook.com/photo/?fbid=801500738001325&set=a.712921073525959

ޖޮކް ވަނީ އޮސްޓްރޭލިއާގައި އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ ކުރިން ދުނިޔޭގެ މަޝްހޫރު ރެސްޓޯރެންޓްތަކުގައި މަސައްކަތްކޮށްފަ އެވެ.

އިނގިރޭސިވިލާތަށް އުފަން ޖޮކް އާއިލާއާ އެކީ އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރީ 2020 ގަ އެވެ.

އަމިއްލަ ރެސްޓޯރަންޓްތަކެއް އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ވެސް ހިންގަމުން އައި ޖޮކް ކެއްކުމާ ބެހޭ ފޮތް ވެސް ލިޔެފަައިވެ އެވެ.