ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ. ވިލިނގިލީ ޔޫތު ސެންޓަރު ގޯތި ތެރޭގައި އޮންނަ ފުޓްސަލް ދަޑުގައި އަޅާފައި އޮތް މެޓުގައި އަލިފާން ރޯކޮށްފައިވާ މައްސަލައެއް މިރޭ 19:54 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓުތަކުގެ 80 ޕަސެންޓް ވަނީ އަނދާފަ އެވެ.
ބެލެވޭ ގޮތުގައި އަލިފާން ރޯކޯށްލާފައި ވަނީ ޕެޓްރޯލް ފުޅިއެއްގައި ރޯކޮށް އެއްލާލައިގެން ކަމަށް އޭނާ ބުންޏެވެ.
އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" އާއްމުންނަށް ކަމުގޮސްފި
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް ތާރީހު ހާމަކޮށްފި
