މިރޭ މާލޭގައި ތިން މިނެޓަށް ހަވާ އަރުވަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، ހަވާ އަރުވަން ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ކަމަށެެވެ.

އޭގެ އިތުރުން ހަވާ އަރުވާނީ މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ހަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނިގޮތުގައި މިރޭ މާލޭގައި ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކަމަށެވެ. އަދި މިއީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ދިވެހީންގެ ބޭނުމަކަށް ނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ދިވެހީންގެ ބޭނުމަށް ހަވާ އަރުވާނަމަ ފައިސާ ދައްކަން ޖެހެނީ ރުފިޔާ އިންނެވެ.