ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒިން އައްޔަން ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަގާމަށް އައްޔަން ކުރެއްވީ އެ ކޯޓްގެ ގާޒީ ޅ. ހިންނަވަރު، މާތިލަ، އާދަމް މުހައްމަދެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވި ގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރެއްވީ ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދު އެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ގާޒީ އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
މި ބޭފުޅުންނަށް ޖޭއެސްސީން މިއަދު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
މި މަގާމަށް މި ދެ ބޭފުޅުން އައްޔަން ކުރެއްވީ ދެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާދޭ ކޮމެޓީން އިންޓަވިއު ކުރުމަށް ފަހު ދީފައިވާ ލަފައާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
ޒެލެންސްކީއާ ބައްދަލުކުރާނީ ސުލްހައަށް އެއްބަސްވުމުން: ޕޫޓިން
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!