އިސްކޮޅުން ކުރު މީހުން އިސްކޮޅުން ދިގު މީހުންނަށްވުރެ ރުޅިގަދަ ކަމަށާއި ރުންކުރު ކަމަށް އަލަށް ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި ހާއްސަކޮށް އިސްކޮޅުން ކުރު ފިރިހެނުން ރުޅިގަދަވުމާއި އަތް އިސްކުރުން އިތުރެވެ.
އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ 600 ފިރިހެނުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި އިސްކޮޅަކީ ފިރިހެނުންގެ ފިރިހެންވަންތަކަމާއި ގުޅިފައިވާ ކަމެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ.
އެހެން ކަމުން އިސްކޮޅުން ކުރު ވުމަކީ ފިރިހެންވަންތަކަން ފުރިހަމަ ނުވާ ކަމެއްގެ ގޮތުގައި އަމިއްލަ ނަފްސަށް އިހުސާސްވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ރުޅި އިސްކުރެވުން އަވަސްވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
މި ހާލަތަށް ސިއްހީ ބަހުން " ޝޯޓް މޭން ސިންޑްރޯމް"ގެ ނަމުން ނަން ދެވިފައިވާއިރު މިއީ ފިރިހެނުންގެ މެދުގައި އާއްމު ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
އިސްކޮޅުން ކުރު މީހުންނަށް ބަލިކަށި ކަމުގެ އިހުސާސް ކުރެވުން އިތުރު ކަމަށާއި އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އެފަދަ މީހުން ކުރާ އިތުބާރު ކުޑަ ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
ފިރިހެނެއްގެ އެވްރެޖް އިސްކޮޅަކީ ފަސް ފޫޓު ހަ އިންޗިއަށް ވާއިރު މިއަށް ވުރެ ކުރު ފިރިހެނުން އަހަރުމެންގެ ތެރޭގައި ވެސް ވަރަށް ގިނަ އެވެ.
ބަންގްލަދޭޝް އިން މިހާރު ދިވެހީންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރަށް
އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގަނީ
އެހެންވީއިރު ފަސްފޫޓް ހައިންޗީގައި ދިވެހި ހާދަގިނަ ފިރިހެނުންނަކީ މުޅިންވެސް ތިކެޓަގަރީގައި ހިމެނޭ މީހުން. ސޯ އެވްރެޖް ދިވެހި ފިރިހެނުންނާއި ޖަޕާން ޗައިނާމީހުންނަކި ރުޅިގަދަބަޔެއް. ދިރާސާ