ހަން އޮމާން ރީތި މޫނެއް އެންމެން ވެސް ބޭނުންވެ އެވެ. ނަމަވެސް އެކަމަށް ކުރަންވާ ކަންތައް ގިނަ މީހުންނަކަށް ނޭނގެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މޫނުގެ އުޖާލާ ކަމަށް ގޭގައި ތައްޔާރު ކުރެވިދާނެ ވަރަށް ފަސޭހަ ފޭސް މާސްކެކެވެ.
ބޭނުންވާ ތަކެތި
- 1/4 ޖޯޑު ޑާކްޗޮކްލެޓް ވިރުވާފައި
- 2 މޭޒުމަތީ ސަމުސާ ހެވީ ކްރީމް
- 1 މޭޒުމަތީ ސަމުސާ މާމުއި
- 1 މޭޒުމަތީ ސަމްސާ ލުނބޯހުތް
ތައްޔާރު ކުރާނެ ގޮތް
މިހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްފައި ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ދެން ކޮންމެ ދުވަހަކު މިމާސްކް މޫނުގައި އުނގުޅުމަށްފަހު ބައި ގަޑިއިރު ފަހުން ފިނިފެނުން ދޮވެލާށެވެ. ހަފްތާއަކުން މީގެ ނަތީޖާ ފެންނަން ފަށާނެ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި