ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ނާސްތާ ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. އެހެން ކަމުން މި ނާސްތާގައި ދުވަހަށް ބޭނުންވާ މުހިއްމު މާއްދާތައް ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އޯޓްސް

އޯޓްސް

އޯޓްސް ހެނދުނުގެ ނާސްތާއަށް ބޭނުންކުރާށެވެ. އޯޓްސްއަކީ ފައިބާ އަދި ކާބްސް އިން މުއްސަނދި އެއްޗެކެވެ. ކެއުމުގައި އޯޓްސް ބޭނުން ކުރުމުން ބަނޑުހައި ނުވެ ގިނައިރު ހިފަހައްޓައިދީ ހަށިގަނޑުގައި މެޓްބޮލިޒަމް އިތުރުކޮށްދެ އެވެ.

މޭވާ

މޭވާ

މޭވާއަކީ އޭގައި ގުދުރަތީ ގޮތުން ވަކި މިންވަރަކަށް ހަކުރު ހިމެނޭ ބާވަތަކަށް ވުމުން މުޅި ދުވަހު ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެ އެވެ.

ބިސް

ބިސް

ބިހަކީ ހެނދުނުގެ ނާސްތާގައި ހިމަނާލަންޖެހޭ އެނެމް މުހިންމު އެކައްޗެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި ވިޓަމިން އޭ، ޑީ އަދި ބީ12 ހިމެނެ އެވެ.

ޔޯގަޓް

ޔޯގަޓް

ޔޯގަޓަކީ އޭގައި ކާބްސްއާއި ސިއްހަތަށް ރަނގަޅު ފެޓްސް އަދި ޕްރޮޓީން ހިމެނޭ އެއްޗެކެވެ. ޔޯގަޓްގައި ގިނަ އަދަދަކަށް ރަނގަޅު ޖަރާސީމު އެކުލެވެ އެވެ. މިއީ ލެކްޓޯސް ދަށްކޮށް ހުންނަ އެއްޗަކަށްވާތީ ކޮންމެހެންވެސް ހެނދުނުގެ ނާސްތާއަށް ޔޯގަޓް ބޭނުން ކުރުން މުހިއްމެވެ.

ސައި/ކޮފީ

ސައި

ސައި އަދި ކޮފީ ގައި ހިމެނޭ އެންޓި އޮކްސިޑެންޓުތަކުގެ ސަބަބުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. ސައި ނޫނީ ކޮފީ ބޯއިރު ހަކުރުގެ ބަދަލުގައި މާމުއި ސަމުސަލެއް ބޭނުން ކުރާށެވެ.