މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެސްފި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރ ކުރެއްވި ޓްވީޓްގައި ޖަލުން އެއްވެސް ގައިދީއަކު ފިލާފައިނުވާ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލު ސަރަހައްދަށް ގަވާއިދާ ޚިލާފަށް ބަޔަކު ވަދެފައިވާތީ ކަރެކްޝަންސް އާ ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ޖަލަށް ވަނީ ކިތައް މީހުން ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.
ޝިޔާމަށް ފުލުހުންގެ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
