Menu Search
ރާއްޖެ މިއަދު ރިޕޯޓް ވިޔަފާރި ލައިފްސްޓައިލް ދުނިޔެ
06 އޭޕްރިލް 2026 · ހޯމަ
ލޯކަލް ކައުންސިލް އިންތިހާބު | ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެ، މޭޔަރުންގެ ގޮނޑިތައް އެމްޑީޕީއަށް!
Haradhu kudakuran MIFCO ge rasmee masakkathu gadin 2 gadi iru madhu kohfi ހަރަދު ކުޑަކުރަން މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފި Update: Vagutheegothun hanguraama huttaalumuge sharuthehge gothun Hormuz kanduolhi hulhuvvan Iran in ebbas nuvi 45 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަނީ: ރިޕޯޓް Umuraa eku insaana ge adah badhalu annanee keehve kan engeytha? އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެކަން އެނގޭތަ؟
ލޯކަލް ކައުންސިލް އިންތިހާބު

ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެ، މޭޔަރުންގެ ގޮނޑިތައް އެމްޑީޕީއަށް!

Bodu thanun sarukaarah noonekey bune, Mayor in gondi thah MDP ah!
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް އިލެކްޝަންސްގެ އޮފިޝަލުން މިރޭ ކުރަނީ. -- ފޮޓޯ | އިލެކްޝަންސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.

މިއަދު ހެނދުނު އަށެއް ޖެހުމާއެކު ވޯޓުލާ ގިނަ މަރުކަޒުތަކުގައި ވަނީ ވޯޓުލާން ފެށި އެވެ. ނަމަވެސް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެ މީހުން ހާޒިރު ނުވާ ތިން ތަނެއްގައި ވޯޓުލުން ފެށުން ކުޑަ ވަގުތުކޮޅަކަށް ލަސްވި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވެ އެވެ. އަދި މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައި ވެސް ތިން ވޯޓަށް ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށް އީސީ އިން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް އިލެކްޝަންސްގެ އޮފިޝަލުން މިރޭ ކުރަނީ. -- ފޮޓޯ | ހުރިހާ

މާލެއާއި އަތޮޅުތައް ހިމެނޭހެން ވޯޓުލުމުގެ ކަންކަން 347 މަރުކަޒެއްގައި ބަހައްޓާ 588 ސްޓޭޝަންގައި ކުރިއަށްދެ އެވެ.

މާލޭގައި ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކަކީ މާލޭގެ ހެންވޭރު ސްޓޭޑިއަމް އަދި މާފަންނު ސްޓޭޑިއަމެވެ. އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މި އިންތިހާބުގައި މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާފައިވެ އެވެ. މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާފައިވާއިރު، އެންމެ ގިނަ ފޮށި ބަހައްޓާފައި ވަނީ އަމީނިއްޔާ ސްކޫލުގަ އެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.

މިފަހަރުގެ އިންތިހާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ އައްޑޫގަ އެވެ. އެ އަތޮޅުގައި 29 ފޮށި ބަހައްޓާފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވޯޓު ފޮށިތައް ގެންދަނީ. -- ފޮޓޯ | އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ޚިޔާލު ހޯދުމުގެ ވޯޓަށް ވެސް ކޮންމެ ސްޓޭޝަނެއްގައި ވަކިން ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ. އެ އިންތިހާބަކާ ގުޅޭ ވޯޓު ކަރުދާހެއް ލާން ޖެހޭ ފޮށީގެ އިރުޝާދު މަރުކަޒުގައި ހަރަކާތްތެރިވާ އީސީގެ އޮފިޝަލުން ދޭނެ އެވެ.

އިލެކްޝަންސް އިން ބުނިގޮތުގައި މި ފަހަރުގެ އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެ އެވެ. އަދި ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައި ވަނީ ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން މީހުން މިއަދު ހެނދުނު ކިޔޫ ހަދައިގެން. -- ފޮޓޯ | ހުރިހާ

ވޯޓުލާން ޖެހޭ ފޮއްޓާއި މަރުކަޒު ޔަގީން ކުރުމަށް، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެ އެވެ. އަދި ވޯޓު ލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓް ކާޑާއި ލައިސަންސްގެ އަސްލު އެކަންޏެވެ. އީފާސް ބޭނުމެއް ނުކުރެވޭނެ އެވެ.

ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.

އީސީން ބުނިގޮތުގައި ވޯޓު ގުނުމުގައި ފުރަތަމަ ގުނާނީ ކައުންސިލަށް އިންތިހާބު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. އަދި ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ އެންމެ ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.

މުޅި އާޓިކަލް ލޯޑު ކޮއްލާ...

20:51
04 Apr 2026

ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މެދުގައި މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ގިނަ ރައްޔިތުން ވަނީ ވޯޓު ދީފައި.

20:47
04 Apr 2026
ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެ، މޭޔަރުންގެ ގޮނޑިތައް އެމްޑީޕީއަށް!

ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ގިނަ ސިޓީތަކުގެ މޭޔަރުކަމަށް ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީ.

17:07
04 Apr 2026
ވޯޓުލުމުގެ ރަސްމީ ގަޑި ހަމަވެއްޖެ

ވޯޓުލާ ރަސްމީ ގަޑި މިހާރު ވަނީ ހަމަވެފައި. ވޯޓުލާން ކިޔޫގައި ތިބި ނަމަވެސް 5 ގެ ފަހުން އިތުރު މީހަކަށް ކިޔޫއަށް ނޭރޭނެ.

16:51
04 Apr 2026
4:00 އާ ހަމަޔަށް ވޯޓު ލީ 62 ޕަސެންޓް މީހުން

މިހާރު ކުރިއަށްދާ އިންތިޚާބުގައި ހަވީރު 4 ޖެހުމާ ހަމައަށް 60 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

އެ ކޮމިޝަނުން ބުނިގޮތުގައި 4:00 އާ ހަމަޔަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 ޕަސެންޓް މީހުން. އެއީ 185،709 މީހުން. މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނޭ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވޭ. މިހާތަނަށް ވޯޓު ނުލަނީ 109،167 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 37.02 ޕަސެންޓް މީހުން.

16:24
04 Apr 2026
ވީހާ ވެސް އަވަހަކަށް ވޯޓުލާން ދިއުމަށް އެމްޑީޕީން އިލްތިމާސްކޮށްފި
16:11
04 Apr 2026
16:04
04 Apr 2026
ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވަނީ ހޫނުގަދަވެ، ކިއުދިގުވެ ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށް. އެހެންކަމުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުން ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނި.

15:09
04 Apr 2026
ބާކީ އެއްގަޑިއިރު، މިހާތަނަށް ވޯޓުލީ 55 ޕަސެންޓް މީހުން

ވޯޓުލުން ނިމެން ދެގަޑިއިރަށްވީރު ވޯޓުލީ 55 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އެ ކޮމިޝަނުން ބުނީ 2 ޖެހުމާ ހަމަޔަށް ވޯޓު ލީ 131،947 މީީހުން ކަމަށް. އަދި ބާކީ 162،929 މީހުން ވޯޓެއް ނުލާ.

14:04
04 Apr 2026

ގދ. ގަދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖާހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭ ކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލު ގެންނަން އުޅުމުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފައިވޭ. ނަމަވެސް، މިހާރު ވަނީ އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެވިފައި ކަމަށް ފުލުހުން ދެންމެ ބުނެފި.

13:25
04 Apr 2026
13:15
04 Apr 2026
އިންތިޒާމްތައް ގޯސްވުމުން ގިނަ ބައެއްގެ ޝަކުވާ
މި އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމްތައް ގޯސްވެ، މެންދުރު ގަދަ އަވީގައި ވޯޓު ލާން ގޮސް އެތައް އިރެއްވަން ދެން ތިބެން ޖެހުމުން ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި.
"އިންތިޒާމު ހަމަ ބޮޑުތަނުން ސުމެއް! އަހަރެމެން ވޯޓުލާން ދާންޖެހުނު ހެންވޭރު ދަނޑުގައި ހުރި ޓެންޓުގެ ހާލަތަކީ މިއީ! މުޅިތާ ހިރަފުސް! ރޯގާ ނުޖެހިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު!" ވޯޓުލާން ގޮސް ހުރި މީހަކު އެކްސްގައި ޝަކުވާކުރަމުން ބުންޏެވެ.
13:09
04 Apr 2026
މެންދުރާ ހަމައަށް 60،000 ވުރެ ގިނަ މީހުން ވޯޓު ލައިފި

މިއަދު ކުރިއަށްދާ 3 ވޯޓުގައި 12 ޖެހުމާ ހަމައަށް 60 ހާހަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލާން ފެށީ ހެނދުނު 8 ޖެހިއިރު. މަދު މަރުކަޒުތަކެއްގައި ހުރި ވޯޓު ފޮށިތައް ފިޔަވާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ގިނަ ވޯޓު ފޮށިތަކުގައި ހެނދުނު 8 ޖެހިއިރު ވަނީ ވޯޓުލާން ފަށާފައި.

11:33
04 Apr 2026
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މަރުކަޒެއްގައި މީހުން ކިޔޫ ހަދައިގެން. -- ފޮޓޯ | ހުރިހާ
11:22
04 Apr 2026
3 ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
11:10
04 Apr 2026
ގަދަ ހޫނުގައި ވެސް ވޯޓުލާން އެތައް ބަޔަކު ކިޔޫގައި

މިއަދަކީ ވެސް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަހެއް. ނަމަވެސް މާލެ އާއި އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ކިޔޫ ހަދައިގެން އެބަތިބި. މިހާތަނަށް 41،000 ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް އިން ބުނޭ.

10:47
04 Apr 2026
ސިއްރުކަން ގެއްލޭތީ ގައްދޫ ދާއިރާގެ މާލޭ ފޮށި ކައިރީ އިހުތިޖާޖު
ސިއްރުކަން ގެއްލޭ ގޮތަށް ވޯޓުލުން ކުރިއަށް ދާތީ ގައްދޫ ދާއިރާގެ މާލޭ ފޮށި ކައިރީގައި އިހުތިޖާޖުކުރަން ފަށައިފި.
10:38
04 Apr 2026
މިހާތަނަށް 41،162 މީހުން ވޯޓު ލައިފި

އިލެކްޝަންސް އިން ބުނީ މިހާތަނަށް މިހާތަނަށް 41،162 މީހުން ވޯޓު ލާފައިވާ ކަމަށް.

10:37
04 Apr 2026
ޖަލުތަކުގައި ވެސް ވޯޓުލާން ފަށައިފި
10:19
04 Apr 2026
ރައީސް ޔާމީން ވޯޓުލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކައުންސިލް އިންތިހާބުގައި ވޯޓުލައްވައިފި.

ކުރީގެ ރައީސް ޔާމީން ވޯޓުލައްވައިފި. އެ މަނިކުފާާނު ވޯޓުލެއްވީ އަހުމަދިއްޔާ ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް.

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމުން މީހަކު އެމަނިކުފާނާއެކު ފޮޓޯއެއް ނަގަނީ. ފޮޓޯ: ޕީއެންއެފް
10:10
04 Apr 2026
ވޯޓުލާން ގިނަ ބަޔަކު ކިޔޫގައި

މާލެ އާއި ރަށްރަށުގެ ވަރަށް ގިނަ މީހުން ވޯޓުލާން ކިޔޫގައި މަޑުކޮށްގެން އެބަތިބި.

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

އިތުރު އާޓިކަލް