އަހަރުމެންގެ އާއްމު ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. ގިނަ ކަންކަމަށް ބޭސްފަރުވާ އެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ދައްކަން މިއުޅެނީ އިނގުރުގެ ވާހަކަ އެވެ.
އިނގުރަކީ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާ ތަކެއް އެކުލެވިގެން ވާ އެއްޗެކެވެ. އެގޮތުން އެއްމަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު ވެސް 1.5 ސެންޓިމީޓަރު ދިގު އިނގުރުކޮޅެއް ގާނައި ސަޔަށް ނުވަތަ ހުސް ފެނަށް އަޅައިގެން ބޭނުން ކުރުމަކީ އޭގެ ސަބަބުން ގިނަ ބަދަލުތަކެއް ހަށިގަނޑަށް އަންނާނެ ކަމެކެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ
އެއް މަސް ވަންދެން ދުވާލަކު އެއްފަހަރު އިނގުރު ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ އެލްޑީއެލް ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ. މި ބާވަތުގެ ކޮލެސްޓްރޯލްއަކީ ސްޓްރޯކް އާއި ހިތުގެ ބަލި ފަދަ ބޮޑު ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.
ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ
އިނގުރުގައި އެކުލެވޭ އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ. އަރިދަފުސް ރޯގާއާއި ވައިރަލް ހުން ގިނައިން އަންނަ ނަމަ އިނގުރަކީ އެކަމުގެ ފަރުވާ ކަމަށް ގިނަ ސައިންސްވެރިން އެއްބަސްވެ އެވެ.
ބޯއެނބުރުން ކުޑަކޮށްދޭ
ހެނދުނު ހޭލާއިރު ބޯއަނބުރާ ހޮޑު ލަވާ ގޮތްވެފައި ހުންނަ ނަމަ އެއްމަސް ދުވަހު އިނގުރު ބޭނުން ކުރުމުން އެކަން ހައްލުވާނެ އެވެ. އެހެން ކަމުން ނިދުމުގެ ކުރިން އިނގުރު ފެން ތަށްޓެއް ނުވަތަ ސައިތަށްޓެއް ބުއިން ރަނގަޅުވާނެ އެވެ.