އުމުރުން ދުވަސް ވާރަކަށް ހަށިގަނޑުގެ ބާރު ދަށްވެ ބަލިތަކުގެ ފުރުސަތު ބޮޑުވުމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެހެން ނަމަވެސް ދުރާލާ އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކުން ދުރުވެވިދާނެ އެވެ.
އެގޮތުން އުމުރުން 30 އަހަރު ވުމުން ހަށިގަނޑުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ގަވާއިދުން ޑޮކްޓަރަށް ދައްކައި ބައެއް ޓެސްޓުތައް ހަދަން ޖެހެ އެވެ. އެފަދަ ޓެސްޓުތަކަށް ބަލާލާނަމެވެ.
ބްލަޑް ޕްރެޝަރު/ ކޮލެސްޓްރޯލް
ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، މިޓެސްޓުތައް ހެދުމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މި ދެ ސަބަބު ދެނަގަނެ ފަރުވާ ހޯދަން ފަސޭހަވެ އެވެ.
ތައިރޮއިޑް ފަންކްޝަން
ތައިރޮއިޑް ބައްޔަކީ ފަލަވުމާއި ހަނދާންނެތޭ ބައްޔާއި، ރާއްޖެ ބަލި އަދި ބޮލުން އިސްތަށި ފޭބުންފަދަ ކަންކަން މެދުވެރިކުރުވާ ބައްޔެކެވެ. އެހެންކަމުން ތައިރޮއިޑް ޓެސްޓުތަކުން ތައިރޮއިޑް ހުރި މިންވަރު ދެނެގަނެވޭނެ އެވެ.
ކާޑިއޮލޮޖީ ފަންކްޝަން
ހިތުގެ ބައްޔެއް ހުރިތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ޤަވާއިދުން މިޓެސްޓުތައް ހެދުމުން ހިތުގެ މައްސަލައެއް ހުރިނަމަ ބަލީގެ ކުރީކޮޅުގައި ދެނެގަނެ ފަރުވާ އަވަސް ކުރެވޭނެ އެވެ.
ޖިންސީ ބަލިތައް (އެސްޓީޑީ)
30ގެ އަހަރުތަކަކީ ޖިންސީ ގޮތުން އެންމެ ހަރަކާތްތެރި އަހަރު ތެކެވެ. ޤަވާއިދުން މިފަދަ ޓެސްޓުތައް ނުހަދައިފިނަމަ ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެ އެވެ.
މިލިޔުން ބަރާބަރު