ލަވަކިޔުންތެރިޔާ ދަ ވީކެންޑްގެ މޫނަށް މިވާގޮތާ ގުޅޭގޮތުން މީޑިއާތަކުގައި ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
މި ފަހަކަށް އައިސް އެވޯޑް ޝޯތަކުންނާއި ލަވަތަކުގެ ވީޑިއޯތަކުން އޭނާ ފެނިގެން ދަނީ ފާރުވެފަ އަދި ބެންޑޭޖް އޮޅާފައި ހުންނަ މޫނަކާ އެކީގަ އެވެ. މިއާއެކު ދަ ވީކެންޑް ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ވާހަކަދެކެވެން ފެށި އެވެ.
އޭނާގެ އެންމެ ފަހުގެ ފެނިލުމާއެކު އަނެއްކާ ވެސް މި ވާހަކައިގެ އަޑު ގަދަވެ ފޭނުން ސިއްސުވާލި އެވެ.
އަންގާރަ ދުވަހު ދަ ވީކެންޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ވީޑިއޯއިން ފެންނަ މަންޒަރުން ހީވަނި ހަމަ އަސްލު ވެސް އޭނާ ހުރީ ޕްލާސްޓިކް ސާޖަރީ ހަދާފައި ހެންނެވެ.
އެހެން ނަމަވެސް އޭނާގެ ފޭނުންނަށް އޮތީ އުފާވެރި ހަބަރެކެވެ. "ދަ އިންޑިޕެންޑެންޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ އަސްލު ޕްލާސްޓިކް ސާޖަރީ ހަދާފަ އެއް ނޫނެވެ.
އެއީ އޭނާގެ އާ މިއުޒިކް ވީޑިއޯގެ މަންޒަރުތައް ނެގުމަށް ކޮށްފައި ހުރި މޭކްއަޕެކެވެ.
ވިއްސާރައިރު "މޫޑު" ބަދަލުވަނީ ކީއްވެ؟
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
