ގިނަ ބައެއްގެ ނަޒަރުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯންއަކީ ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އެކަން މިހާރު މިވަނީ ސައިންސުން ވެސް ސާބިތުވެފަ އެވެ.
އިނގިރޭސި ވިލާތުގެ ކޮސްމެޓިކް އަދި ޕްލާސްޓިކް ސާޖަރީ ޑޮކްޓަރެއް ކަމަށްވާ ޑރ ޖޫލިއަން ޑި ސިލްވާ އެކުލަވާލާފައިވާ "ސައިންސްޓިފިކް ގޮތުން ދުނިޔޭގެ އެންމެ ރީތި 10 އަންހެނުން"ގެ ލިސްޓުގައި ދީޕިކާ ހިމެނިފައިވަނީ ނުވަ ވަނައިގަ އެވެ.
މި ލިސްޓު އެކުލަވާލުމުގައި ޑރ ޖޫލިއަން ބަލާފައިވަނީ މޫނުގެ ސިފަތަކާއި މިންތަކަށެވެ. އެގޮތުން ނިއްކުރީގެ ބޮޑު މިނާއި ކޯ ކަށިގަނޑުގެ ބައްޓަން ފަދަ ކަންކަމަށް ޑރ ޖޫލިއަން ބަލާފައިވެ އެވެ.
މި ލިސްޓުގައި އިންޑިއާއަށް ނިސްބަތްވާ އެހެން އެއްވެސް ތަރިއެއް ނުހިމެނޭއިރު ދީޕިކާއާއެކު ލިސްޓުގައި ދެން ހިމެނިފައިވަނީ ބެއްލާ ހަދީދް، ކިމް ކާޑޭޝަންފަދަ އިނގިރޭސި ތަރިންނެވެ.
ޖޯޑީ ކޯނާއަށް ލިސްޓުގެ އެއްވަނަ ލިބުނުއިރު ބެއްލާ ހަދީދްގެ އެއް ދަރަޖަ ކުރިން ސްޕައިޑާމޭންގެ ތަރި ޒެންޑަޔާއަށް ލިބިފައިވަނީ ލިސްޓުގެ ދެވަނަ އެވެ.
ލިސްޓުގެ ހަތަރު ވަނައިގައި ބިޔޯންސޭ ހިމެނުނުއިރު ކިމް ކާޑޭޝަން ހިމެނުނީ ދީޕިކާއަށްވުރެ އެއް ދަރަޖަ ކުރިން އަށްވަނައިގަ އެވެ.
ދީޕިކާއަށް މި ލިބުނު ބޮޑު ޝަރަފާއެކު އިންޑިއާއާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ތައުރީފް އޮއްސަމުންނެވެ.