ޗައިނާ މަޝްހޫރު ސުމާޓްފޯނު ބްރޭންޑެއް ކަމަށްވާ ޒިއޯމީ ބްރޭންޑްގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ބަތަލާ ޑިޝާ ޕަޓާނީ ހަމަޖައްސައިފި އެވެ.

ޒިއޯމީ ބްރޭންޑްގެ އެމްބެސެޑަރަކަށް ޑިޝާ ހަމަޖައްސާފައިމިވަނީ އެބްރޭންޑްގެ ފޯނާއި ފޯނާ ފޯނާ ގުޅުން ހުރި އެހެން އެކްސެސަރީޒްތައް އިންޑިއާގައި ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށެވެ.

ޒިއޯމީގެ އެންމެ ފަހުގެ އިއަފޯން، "ރެޑްމީ ބަޑްސް 4 އެކްޓިވް" ޕްރޮމޯޓް ކުރުމުގައި ޑިޝާ ހަރަކާތެރިވާނެ އެވެ.

ޒިއޯމީ އިންޑިއާގެ ޗީފް މާކެޓިން އޮފިސަރު އަނޫޖް ޝަރްމާ ވިދާޅުވީ ޑިޝާއާއެކު މިއުފެއްދުންތަކަށް އިތުރު މަގުބޫލުކަމެއް ލިބިގެންދާނެ ކަމަށެވެ. ކަސްޓަމަރުންނާއި ޒިއޯމީއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަރަމުން އަންނަ ޒުވާން ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން" އާއި "ރާދޭ" އާއި "ބާގީ 3" އަދި "މަލަންގް" ހިމެނެ އެވެ.

ޒިއޯމީގެ އެމްބެސެޑަރަކަށް ޑިޝާ ހަމަޖައްސާފައިވާއިރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ޗައިނާ މަޝްހޫރު ސުމާޓްފޯނު ބްރޭންޑެއް ކަމަށްވާ ރިއަލްމީ ބްރޭންޑް ފޯނުގެ އެމްބެސެޑަރަކަށް ހަމަޖައްސާފަ އެވެ.