ސްމާޓްފޯނުގެ ސަބަބުން ތުއްތު ކުދިންގެ ނިދުމުގެ އާދަތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާއިން ހާމަވާގޮތުގައި ގާތުން ކިރުދޭ ވަގުތު ނުވަތަ ދަރިންނާއެކު ވަގުތު ހޭދަކުރާއިރި ފޯނު ބޭނުންކުރާ ނަމަ ނިދަން އުނދަގޫވެ ނިދީގެ ފެންވަރު ދަށްވެ އެވެ.
ސްމާޓްފޯންގެ ސްކްރީންއިން ފޮނުވާ ކުރު ވޭވްލެންތެއް ހުންނަ ނޫކުލައިގެ އަލީގެ ސަބަބުން ނިދިޖައްސަދޭ ހޯމޯން ކަމުގައިވާ މެލަޓޯނިން އުފެދޭ މިންވަރު ދަށްވާކަމަށް މި ދިރާސާގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި މި އަލީގެ ސަބަބުން ކުޑަކުދިންގެ ނިންޖަން ކުރާ ނޭދެވޭ އަސަރު ބޮޑަތި މީހުންގެ ނިންޖަށް ކުރާ ނޭދެވޭއަސަރަށްވުރެ ބޮޑުކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.
މީގެ ކުރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ސްމާޓްފޯންގެ އަލިން ފޮނުވާ ނޫކުލައިގެ އަލީގެ ސަބަބަބުން ކުޑަކުދިންގެ މެލަޓޯނިން ދަށްވާ މިންވަރު ބޮޑަތިމީހުންގެ މެލަޓޯނިން ދަށްވާ މިންވަރަށްވުރެ ދެގުނަ އިތުރެވެ. މިހެންވަނީ ކުޑަކުދިންގެ ކުދިންގެ ލޯ ވަނީ ހެދިބޮޑުވަމުންދާ މަރުހަލާގައި ވާތީކަމުގައި މި ދިރާސާގައި ވަނީ ބުނެފަ އެވެ.
ހަމައެއާއެކު ފޯނުން ނުކުންނަ ރޭޑިއޭޝަންގެ ސަބަބުން ހަމުގެ ބަލިތަކާއި އެނޫން ވެސް ސިއްހީ މައްސަލަތައް ކުދިންނަށް ދިމާވެ އެވެ. އެހެން ކަމުން ޅަދަރިމައިން ފޯނުތަކާ ދުރުވާން ޖެހެ އެވެ.
މަޖިލީހުގެ ދައުރު މެއި 31 އަށް ދަންމާލައިފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި